މެކްސިކޯ އިން ވޯލްޑް ކަޕަށް ނަގާފައިވާ ސްކޮޑުގައި ހިމެނިފައިވާ ޑިއެގޯ ރޭސް އަނިޔާގެ ސަބަބުން ސްކޮޑުން ބޭރުކޮށް އެރިކް ގުޓިއެރޭޒް ސްކޮޑުގައި ޖަހާފައެވެ.

ޕޯރޓޯގެ މެދުތެރެ އަށް ކުޅެމުން އަންނަ ޑިއެގޯ ރޭސްގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ވޯލްޑް ކަޕުގައި އޭނާ އަށް ނުކުޅެވޭނެއެވެ.

މެއި 6 ވަނަ ދުވަހު ޕޯރޓޯ އާއި އެކު ކުޅުނު މެޗެއްގައި އަނިޔާވެ މެކްސިކޯގެ ކޯޗު ހުއަން ކާލޮސް އޮސޯރިއޯ ދީފައިވާ ދުވަސް ޖެހިގެން އައި އިރު ވެސް ފިޓު ނުވުމުގެ ސަބަބުން އެރިކް ގުޓިއެރޭޒް ވަނީ އޭނާގެ ބަދަލުގައި ޓީމުގައި ޖަހާފައެވެ.

މެކްސިކޯގެ ކޯޗު ބުނެފައިވާ ގޮތުން ޖޫން 2 ގައި ސްކޮޓްލޭންޑް އަދި ޖޫން 9 ގައި ޑެންމާރކް އާއި ދެކޮޅަށް ކުޅުނު މެޗުގައި ހުރިހާ ކުޅުންތެރިންވެސް ކުޅެން ޖެހޭނެއެވެ. ނަމަވެސް ރޭސް ފިޓު ނުވުމުގެ ސަބަބުން އެކުވެރި ކަމުގެ 2 މެޗުގައި ވެސް އޭނާ އަށް ކުޅެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް އޭނާ ވަނީ ޓީމާއި އެކީ ރަޝިޔާ އަށް ދަތުރު ކޮށްފައެވެ.

ބައެއް މެޗު ތަކުގައި ފުލް ބެކެއްގެ ގޮތުގައި ކުޅެފައިވާ 25 އަހަރުގެ ޑިއެގޯ ރޭސް މެކްސިކޯ ގައި ކުޅެފައި ވަނީ ޑިފެންސުގެ މެދުތެރެ އަށާއި މެދުތެރެ އަށެވެ. ކޯޗު ކާލޮސް އޮސާރިއޯ ރޭސްގެ މުހިއްމުކަން ފާހަގަ ކޮށްފައި ވަނީ ވަރަށް ގިނަ ތަންތަނަށް ކުޅެވޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ދެކުނު ކޮރެއާ އަދި ސްވެޑެން އާއި އެކު ގުރޫޕް ސްޓޭޖު މެޗުތައް ކުޅުމުގެ ކުރިން މެކްސިކޯގެ ވޯލްޑްކަޕު ފުރަތަމަ މެޗު ކުޅޭނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕު ކާމިޔާބު ކުރި ޖަރުމަނާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު