މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީކުރުމުން އަންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ކ. ކާށިދޫ އަދި ކ. ދިއްފުށީ ދަނޑު ތަރައްގީކުރުމަށް ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހިމްއެވެ.

ޓީ.އޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ތައުފީގްއެވެ.

ދިއްފުށީ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1،884،901.76 (އެއް މިލިއަން އަށްލައްކަ އަށޑިހަ ހަތަރު ހާސް ނުވަސަތޭކަ އެއް ރުފިޔާ) އަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 27 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކާށިދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،274،907.76 ރުފިޔާއަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ދަނީ ފުޓުބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި ދަނޑުތައް އެޅުމާއެކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ކުޅުމަށް އެފްއޭއެމުން ދަނީ ޕްލޭންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    ޢެކަނި އެކަކަށް އެންމެ ގިނަ ހަބަރު ލިޔާ މިހަކަށް ޝާހުވާނެ.
    ޜާއްޖެއާއި ބޭރު ދުނިޔޭގެ ކުޅިވަރު ހަބަރުތަށް ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދޭން ތިކުރާ ބުރަ މަސައްކަތަށް އައްސަރިބަހާއި ސަާބަސް ރައްދުކުރަން.