އެމެރިކާގެ ވިޔަފާރި މެގަޒިންއެއް ކަމަށްވާ ފޯބްސް އިން މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭ 10 އެތްލީޓުންގެ ނަން ހާމަކޮށްފި އެވެ. މި ލިސްޓު ތައްޔާރުކުރުމުގައި ފޯބްސް އިން ވަނީ އެތްލީޓުންގެ މުސާރަ އާއި އިނާޔަތްތައް އަދި ބޯނަސްއަށް ލިބޭ ޢަދަދުތައްވެސް ހިމަނާފައެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭ ދިހަ އެތްލީޓުންގެ ތެރޭގައި ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ނަންމަޝްހޫރު ތިން ފަރާތްވެސް ހިމެނެ އެވެ. އެއީ ލިޔޮނަލް މެސީ، ކްރިސްޓިއާނޯ ރޮނަލްޑޯ އަދި ނޭމާ އެވެ. ބާސްކެޓް ބޯޅައިން ކެވިން ޑިޔުރަންޓް އާއި ލެބްރޮން ޖޭމްސް އާއި އެމެރިކަން ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ޓޮމް ބްރޭޑީ އާއި ޑޭކް ޕްރެސްކޮޓް ވެސް ލިސްޓްގައި ހިމެނެ އެވެ.

ފޯބްސް އިން ބުނީ 10 އެތްލީޓުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތަށް ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި 1.05 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. މިއީ ފާއިތުވި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަރާތަށް ލިބުނު ވަރަށް ބަލާނަމަ 28 އިންސައްތަ އިތުރު ޢަދަދެކެވެ.

މި އަހަރު ފުރަތަމަ ފަހަރަށް މިކްސްޑް މާޝަލް އާޓްސް ފައިޓާ ކޯނާ މެކްގްރޭގޯގެ ނަން ފޯބްސް ލިސްޓުގެ އެންމެ ކުރީގައި ހިމެނިފައި ވެއެވެ.

މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ އެތްލީޓުންގެ ލިސްޓް

10- ކެވިން ޑިޔުރެންޓް

ބާސްކެޓް ބޯލް

75 މިލިއަން ޑޮލަރު

09- ޓޮމް ބްރެޑީ

އެމެރިކަން ފުޓްބޯލް

76 މިލިއަން ޑޮލަރު

 

08- ލެވިސް ހެމިލްޓަން

ފޯމިއުލާ ވަން

82 މިލިއަން ޑޮލަރު

 

07- ރޮޖާ ފެޑެރާ

ޓެނިސް

90 މިލިއަން ޑޮލަރު

06- ނޭމާ

ފުޓްބޯލް

95 މިލިއަން ޑޮލަރު

05- ލެބްރޮން ޖެމްސް

ބާސްކެޓްބޯލް

96.5 މިލިއަން ޑޮލަރު

04- ޑަކް ޕްރެސްކޮޓް

އެމެރިކަން ފުޓްބޯލް

107.5 މިލިއަން ޑޮލަރު

03- ކްރިސްޓިއާނޯ ރޮނަލްޑޯ

ފުޓްބޯޅަ

120 މިލިއަން ޑޮލަރު

 

02- ލިއޮނަލް މެސީ

ފުޓްބޯޅަ

130 މިލިއަން ޑޮލަރު

 

01- ކޯނާ މެކްގްރެގޯ

މިކްސްޑް މާޝަލް އާޓްސް

180 މިލިއަން ޑޮލަރު

ފޯބްސް އިން ގެންދަނީ ތަފާތު އެކި ދާއިރާތަކުން މީހުންނަށް އާމްދަނީ ލިބޭ މިންވަރު ކޮންމެ އަހަރަކު ވެސް އިއުލާން ކުރަމުންނެވެ.