ދެކުނު ކޮރެއާ މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރު ވަމުން ދާއިރު، އެޓީމު ކުޅުންތެރިން ވަކި ކުރަން ދަތި ކަމަށް އިދިކޮޅު ޓީމު ބުނުމުން ކުޅުންތެރިންގެ ޖާޒީ ނަންބަރު ބަދަލު ކޮށްގެން ފަރިތަ ކޮށްފިއެވެ.

ބޮލީވިއާ އަދި ސެނެގަލް އާއި ދެކޮޅަށް މިމަހު ކުރީކޮޅު ކުޅުނު އެކުވެރި ކަމުގެ މެޗުގައި ޓޮޓެންހަމް އަށް ކުޅެމުން އަންނަ ސަން ހެންގް މިން އާއި ޓީމުގެ ކެޕްޓަން ކީ ސަންގް ޔަންގު ފިޔަވައި ހުރިހާ ކޮޅުންތެރިން ކުޅުނީ ޖޯޒީ ނަންބަރު ބަދަލު ކޮށްގެން ކަމަށް އެޓީމުގެ ކޯޗު ޝިންޓޭ ޔަންގު ބުންޏެވެ.

މީގެ އިތުރުން އާއްމުންނާއި ދުރުގައި ދެކުނު ކޮރެއާ ޓީމު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔަ އިރު ސްވެޑެންގެ ކޯޗު ސިއްރުން ފަރިތަކުރުންތައް ބެލިކަމަށް އޭނާ ވަނީ މާފް ކޮށްފައެވެ.

" ވެސްޓާން މީހުންނަށް އޭޝިޔާ މީހުން ވަކިކުރަން ނޭނގުމުގެ ސަބަބުން އެޓީމުތައް އޮޅުވާލުމަށްޓަކައި ޖޯޒީ ނަންމަބަރު ތައް ބަދަލު ކުރީ، ބައެއް ކުޅުންތެރިން އެނގޭނެ. ނަމަވެސް ހުރިހާ އެއްޗެއް އެމީހުނަށް އިނގޭކަށް ބޭނުމެއް ނުވޭ” ޓާ ޔަންގު ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްވެޑެންގެ ކޯޗު ޖޭން އެންޑަސަން ބުނެފައިވާގޮތުން އޮސްޓްރިއާގައި ދެކުނު ކޮރެއާ ޓީމު ފަރިތަކުރަމުން ދަނިކޮށް އެޓީމުން ވަނީ ސިއްރުން ބަލާފައެވެ. ނަމަވެސއ ޓާ ޔަންގު ގަބޫލު ކުރާގޮތުން އިދިކޮޅު ޓީމާއި ކުޅެން ފަސޭހަ ވާނީ އެޓީމެއް ދަސްކޮށްގެން ކަމަށެވެ.

ގުރޫޕް ސްޓޭޖުގައި މިއަދު މިދެޓީމު މިއަހަރުގެ ވޯލްޑް ކަޕުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު