ވޯލްޑް ކަޕްގައި ނައިޖީރިއާ އާއި ދެކޮޅަށް ކުޅެ 0-2ގެ ނަތީޖާ އަކުން ކްރޮއޭޝިޔާ މޮޅުވި މެޗުގައި ކުޅެން އަރަން ދެކޮޅު ހެދުމުން އެޓީމުގެ ފޯވާޑް ކަލިނިޗް އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިމިގެން ދިޔަ ހަތަރު މެޗުގައި ވެސް ބެންޗުގައި ހުރެ މެޗު ފެއްޓިއިރު ކްރޮއޭޝިޔާގެ ކޯޗު ޒްލަޓްކޯ ދާލިކް މެޗުގައި ކުޅެން އަރަން އެންގުމުން ކަލިނިޗް ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. ނަމަވެސް ރިޕޯޓު ތަކުން ބުނާގޮތުގައި އޭނާ މިކަމާއި ދެކޮޅު ހަދާފައި ވަނީ އޭނާގެ ބުރަކައްޓަށް އަނިޔާ ވެފައި ވާތީއެވެ.

ކޯޗުގެ ނިންމުމާއި ކަލިނިޗް ދެކޮޅު ހެދުމުގެ ސަބަބުން އެ މެޗުގައި ފަހުން ކުޅެން އަރުވާފައިވަނީ މާކޯ ޕިޔާކާއެވެ.

ނައިޖީރިއާ އާއި ދެކޮޅަށް މޮޅު ވުމަށްފަހު އާޖެންޓީނާ އާއި ކުޅެން ތައްޔާރު ވުމުގެ ގޮތުން ބޭއްވި ފަރިތަކުރުން ތަކުގައިވެސް ކަލިނިޗް ބައިވެރިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަލިނިޗް ކްރޮއޭޝިޔާގެ ސްކޮޑުން ބޭރު ކުރުމުން މިހަފްތާގައި އޭނާ އެނބުރި ގައުމަށް ދާނެއެވެ.