ބްރެޒިލްގެ ތަރި ނޭމާ އަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.

ނޭމާގެ ފަޔަށް މިފަހަރު އަނިޔާވެފައިވަނީ ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި ކޮސްޓަރީކާއާ ދެކޮޅަށް ކުޅޭ މެޗުގެކުރިން ބްރެޒިލް އިން މިއަދު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ.

އެ އަނިޔާއާ ގުޅިގެން ފަރިތަކުރުންތައް ނޭމާ އަށް މުޅިން ފުރިހަމަ ކުރެވޭގޮތް ނުވިއިރު، މުބާރާތުގެ ދެވަނަ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމާމެދު މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.

ނޭމާ އަށް މިފަހަރު ލިބުނު އަނިޔާއާ ގުޅޭގޮތުން ބްރެޒިލް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާގެ ފަޔަށް އަނެއްކާވެސް އަނިޔާވިއިރު މިދިޔަ ފެބްރުއަރީ މަހުވެސް އޭނާގެ ފަޔަށް ވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ. އެ އަނިޔާއާ ގުޅިގެން ސީޒަނުގެ ފަހުކޮޅު ޕީއެސްޖީން ކުޅުނު އެއްވެސް މެޗެއްގައި ނޭމާ އަށް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ.

އެ އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލް އިން ކުޅުނު ދެ މެޗެއްގައި ނޭމާ ކުޅުނު ނަމަވެސް އޭނާ އަދިވެސް މުޅިން ފިޓުނުވާ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ދާދިފަހުން ބުނެފައެވެ.

ބްރެޒިލް އިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑާއި ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ނޭމާ ކުޅުނުއިރު އެ މެޗުގައި އޭނާ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެ މެޗުގައި ސްވިޒަލޭންޑްގެ ކުޅުންތެރިން ނޭމާ އަށް ގިނަ ފައުލްތަކެއް ކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބްރެޒިލްސަޕޯޓަރ

  މި ނޭމާއެއް ބްރެޒިލްގެ ޓީމުގައި ހިމެނީތީވެސް ހައިރާންވޭ. މީނަޔާއި ހެދި ބްރެޒިލްއަށް ފުޓްބޯޅައިގަ ކާމިޔާބުހޯދަން އުނދަގޫވަނީ. މީނަ ނުލައި ޓީމު އެކުލަވާލިނަމަ މާރަނގަޅުވިސް. އަބަދު އަނިޔާވެފައިހުންނަ ކަށިފީ ސޮރެއް ނޭމާއަކީ.

  • ތިޔޭ އެއްކަލަ

   އެންމެ ފަހު ވޯލްޑްކަޕްގަ ނޭމަރ ނެތީމަ ވީގޮތް ފެނުނެއްނު. އޭނައަށް ކުޅެވުނަސް ނުކުޅެވުނަސް އިދިކޮޅު މީހުން ޖެހިލުންވާނެ އޭނަ އަތަށް ބޯޅަ އެރީމަ. ފުޓްބޯޅަ ބަލާފަ ވާހަކަ ދައްކަބަލަ.

 2. ލިޝާން

  ޢެހެން