ޔޫރޯ ގެ ގްރޫޕް ބީ ގައި މިރޭ 00:00 ގައި ދެން ބައްދަލުކުރާ އަނެއް ދެ ޓީމަކީ މި ގްރޫޕުގައި ހިމެނޭ ބެލްޖިއަމް އާއި ފިންލޭންޑެވެ. ބެލްޖިއަމް ވަނީ މި ގްރޫޕުން ދެވަނަބުރު ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުން މޮޅުވެގެން އެއްވަނަ މަގާމާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. ފިންލޭންޑަށްވެސް ދެވަނަބުރުގެ ޖާގައެއް އަދި އެބައޮތެވެ. މި މެޗުން މޮޅުވެގެން އެ ޓީމަށްވެސް ފުރުސަތު އެބައޮތެވެ.

ބެލްޖިއަމް އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ރަޝިޔާ އަދި ތިންވަނައިގައި ފިންލޭންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި ޑެންމާކް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ބެލްޖިއަމް އަދި ފިންލެންޑް ވަނީ 11 ފަހަރެއްގެ މަތިން މިހާތަނަށް ކުޅެފައެވެ. މީގެތެރެއިން ފިންލޭންޑް ތިން ފަހަރު މޮޅުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި ބެލްޖިއަމް ވަނީ ހަތަރު ފަހަރު މޮޅުވެފައެވެ. އެއްވަރުވެފައިވަނީ ހަތަރު މެޗުންނެވެ.

މެޗުގެ ފުރަތަމަ އެގާރަ

ފިންލޭންޑް

ބެލްޖިއަމް

ދެ ކޯޗުންގެ ބަސް

ރޮބާޓޯ މާޓިނޭޒް (ބެލްޖިއަމް)

ފިންލޭންޑަކީ ތޯތޯ ޓީމެއް ނޫންކަން މި މުބާރާތުގައި މިހާތަނަށް އެ ޓީމުން ދެއްކި ކުޅުމުން ފާހަގަވެފައިވާ ކަމަށާއި މިއީ އުނދަގޫ މެޗަކަށްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ހާއްސަކޮށް ޓީމެއްގެ ގޮތުގައި ފިންލޭންޑް ފެންނަނީ ނުރައްކާކޮށް ކަމަށާއި އެހެންކަމުން މިއީ ސަމާލުވާންޖެހޭނެ ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

މާކިން ކެނޭވާ (ފިންލޭންޑް)

މިއީ ފިންލޭންޑަށް މޮޅުވެވޭނެ މެޗެއްކަމަށް ކޯޗު ގަބޫލުކުރެއެވެ. ހާއްސަކޮށ ތަރިންގެ މައްޗަށް ބެލްޖިއަމް ޓީމު އެކުލެވިފައިވީ ނަމަވެސް އެއީ އެހާބޮޑު މައްސަލައެއް ނޫންކަމަށް ކޯޗު ބުންޏެވެ.