ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް ޖޯހިމް ލޯ އަކީ ކުޅަދާނަ ކޯޗެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާނެއެވެ. ޖަރުމަނާއެކު އޭނާާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލިނަމަވެސް އޭނާގެ ފެންވަރު އެނގިގެންދާނެއެވެ. ނަމަވެސް މެޗު އޮންނަ ގަޑީގައި ބެންޗުގައި އިނދެގެން އޭނާ ކުރާ ބައެއް ކަންތައްތަކަކީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވާ ކަންތަކެކެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮތް އިރު ޖަރުމަނުގެ މެޗެއްގެ ތެރެއިން، ބެންޗު ސަރަހައްދުގައި ހުރެ ލޯ ކުރި ކަމެއް ކެމެރާއަށް އެރުމުން އޭނާ ވަނީ އެކަމަށް މައާފަށް އެދެން މަޖުބޫރުވެސް ވެފައެވެ. އެއީ، އޭނާ ފަޓުލޫނުގެ ތެރެއަށް އަތް ލުމަށްފަހު އަތުގެ ވަސް ބެލުމުންނެވެ.

އެފަހަރު ހިނގައި ދިޔަ ކަންތައް ވައިރަލްވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އިރުވެސް ލޯ އަނެއްކާވެސް މިވަނީ އެފަދަ ކަމެއް ކޮށްފައެވެ. މިފަހަރުގެ ވޯލްޑްކަޕުގައި އޭނާ އެފަދަ މުޑުދާރު ކަމެއް ކުރީ ރޭ ޖަރުމަނާއި ސްވިޑެން ކުޅުނު މެޗުގެ ތެރެއިންނެވެ.

އެ މެޗުގައި ކެމެރާއަށް އެރީ، ލޯ ނޭފަތުން މަޑު ކޮށްޓާފައި އެ މަޑު ކެއި މަންޒަރެވެ. އެތައް މިލިއަން މީހުންނަކަށް އެ މަންޒަރު ލައިވްކޮށް ޓީވީ އިން ފެނުނެވެ.

ޖަރުމަނުން މި ވޯލްޑް ކަޕުގައި ދައްކަމުންދާ ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ލޯ އަށް ފާޑު ކިޔަމުންދާއިރު އޭގެ އިތުރަށް މިހާރު އޭނާއަށް މިވަނީ މަލާމާތްވެސް ރައްދުވާން ފަށާފައެވެ. މީސް މީޑިއާގައި އޭނާއަށް މިހާރުވެސް އެތައް ބަޔަކު ދަނީ ޖޯކު ޖަހަމުންނެވެ.

ރޭ ޖަރުމަނާއި ސްވިޑެން ކުޅުނު މެޗު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ޖަރުމަނު މޮޅުވެގެންނެވެ. މި މެޗުން ޖަރުމަނު މޮޅުވީ މެޗުގެ ފަހު މިނެޓުގައި ޓޯނީ ކްރޫސް ފްރީކިކަކުން ޖެހި ގޯލަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ހަވީރު ސަޔަށް ގުޅަ ހަދައިގެން ކާންހުއްޓާ ފަޅާޢއެރީ.