2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުން ދެ މެޗުގައި ކުޅެ އެންމެ ޕޮއިންޓެއް ލިބި މުބާރާތުން ކަޓައިގެން ދިޔަ ނަމަވެސް ޕެނަމާ ޓީމުގެ ސަޕޯޓަރުން އުފާވި ސަބަބެއް އެބައޮތެވެ.

ޕެނަމާ ޓީމުގެ އެންމެ އުމުރުން ދުވަސްވީ އަދި އެޓީމުގެ ކެޕްޓަން ކަން ކުރާ ކުޅުންތެރިޔާ، ފިލިޕޭ ބެލޯއި ޕެނަމާ އަށް ތާރީހުގައިވެެސް އެޓީމުން ކާމިޔާބު ކުރި ފުރަތަމަ ވޯލްޑް ކަޕު ލަނޑު ކާމިޔާބު ކުރީ އޭނާ ޖެހި ފްރީކިކަކުންނެވެ.

ބެލޯއި ލަނޑު ޖެހި ވަގުތަކީ ޕެނަމާގެ އެއްވެސް ފުޓުބޯޅަ ސަޕޯޓަރެއްގެ ހަނދާނުން ފޮހެވިގެން ނުދާނެ ހިނދުކޮޅަކަށް ވާއިރު ރަޝިޔާގެ ނިޒްނީ ނޮވްގޮރޮޑް ސްޓޭޑިއަމްގައި މެޗު ބަލަން ތިބި ސަޕޯޓަރުންގެ ފަރާތުން ފެނުނީ އަސަރުގަދަ މަންޒަރު ތަކެކެވެ. 0-6 ގެ ނަތީޖާ އަކުން ބަލިވެފައި އޮތް ނަމަވެސް ވޯލްޑް ކަޕުގެ ފުރަތަމަ ގޯލު ވެގެންދިޔައީ އުފާވެރި ލަނޑަކަށެވެ.

މީގެ އިތުރުން ފިލިޕޭ ބަލޯއި އަކީ ވޯލްޑް ކަޕު ތާރީހުގައި ގޯލެއް ޖެހި ތިން ވަނަ އަށް އުމުރުން ދޮށި ކުޅުންތެރިޔާ އެވެ. 37 އަހަރާއި 120 ދުވަހުގައި ބަލޯއީ ގޯލެއް ޖެހި އިރު ދެވަނައިގައި ހުރީ 37 އަހަރާއި 236 ދުވަހުން ގުނާރ ގްރޭއެވެ. އެއްވަނައިގައި ވަނީ 42 އަހަރުން ރޯޖާ މިލާ އެވެ.

ކޮޕާ 90 އިން ވަނީ ބަލޯއިގެ ގޯލަށް ފަހު ވީޑިއޯ އެއް އާއްމު ކޮށްފައެވެ. މި ވީޑިއޯ އިން ދައްކުވައިދެނީ ޕެނަމާގެ ފުރަތަމަ ވޯލްޑް ކަޕު ގޯލަށްފަހު އެޓީމު ސަޕޯޓަރުން އުފަލުން ރޯތަނެވެ.

ކިޔުންތެރިންގެ ހިޔާލު