މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ހިތާވެގެން އެންމެ ފުރަތަމަ އުޅުނު ދުވަސްވަރު އޭރު ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ބާސެލޯނާއާއި އޮތް ގުޅުމަށް ހީނަރުވުންތަކެއް އައި ކަމަށް ޕީކޭ ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން 2008 ގައި އެނބުރި ބާސެލޯނާާއާއި ގުޅުނު ޕީކޭ އަކީ މިހާތަނަށް އައި އިރު ބާސެލޯނާގެ ކާމިިޔާބީތައް ހިއްސާވާ މުހިއްމު ކުޅުންތެރިއެކެވެ. ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން އޭރު ބާސާ ވަނީ ތިން ލަލީގާ އާއި ދެ ޗެމްޕިއަންސް ލީގު ކާމިިޔާބުކޮށްފައެވެ.

ބާސެލޯނާގައި ގާޑިއޯލާ ހޭދަކުރި ދުވަސްވަރަކީ ޕީކޭ ކުޅުމަށްވުރެ ޝަކީރާގެ ލޯބީގެ ދަންތުރައިގައި ޖެހިގެންދިޔަ އަހަރެއްކަމަށް ޕީކޭ ބުނެއެވެ. އޭގެ ސަބަބުން ޓީމަށްވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކުރިކަމަށް ޕީކޭ ބުންޏެވެ. މީގެތެރޭގައި ފަރިތަކުރުންތަކަށް މަކަރު ހެދުމާއި މެޗުތަކުގައި ދަށްކޮށް ކުޅޭ ފަހަރުތައް މަދެއް ނޫނެވެ.

"އަހަރެން ރަނގަޅަށް ނުކުޅޭތީ ގާޑިއޯލާ އެތަކެއް ފަހަރުމަތިން އަހަންނާއި ޒުވާބުކުރި، އެހިސާބުން އަހަންނަށް މި ވިސްނުނީ މި އުޅެވެނީ ރަނގަޅަށް ނޫންކަން، ކުލަބުން އަހަރެންގެ އެހީތެރިކަން ބޭނުންވާކަން" ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ އެފަހަރު ކުލަބް ދޫކޮށްލަން ވިސްނުންތަކެއްވެސް ވިސްނި ކަމަށެވެ. އެއީ 2011-12 ސީޒަނެވެ. އެ ސީޒަނުގައި ބާސެލޯނާއާޢި ގާޑިއޯލާއާއި ޖެހުނު މައްސަލަތައ ވަރަށް ގިނަކަމަށް ޕީކޭ ބުންޏެވެ.

ކުލަބާއި މައްސަލަތަކެއް ޖެހުނު ނަމަވެސް ޕީކޭ އާއި ޝަކީރާ ވަނީ ފަހުން ކައިވެނިކޮށް ދަރިންވެސް ހޯދާފައެވެ.