ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ފްރާންސްގެ ފޯވާޑް އެންޓޮއިނޭ ގްރިޒްމަންއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އެގޮތުން ސުއަރޭޒް ބުނީ އުރުގުއޭގެ ރައްޔިތަކަށް ވުމުން ކުރެވޭ އިހްސާސްތަށް ގްރިޒްމަންއަށް ނުކުރެވޭނެ ކަމަށެވެ.

ސްއަރޭޒް އެހެން ބުނެފައި މިވަނީ އޭނާއަކީ އެއްފަޅި އުރުގުއޭ ކުޅުންތެރިއެއް ކަމަށް ގްރިޒްމަން ބުނުމުންނެވެ.

" ގްރިޒަމަން ބުނީ އޭނާ އަކީ އެއްފަޅު އުރުގުއޭ މީހެއް ކަމަށް. ނަމަވެސް އޭނާއަކީ ފްރާންސްގެ ކުޅުންތެރިއެއް. އަދި އޭނާއަށް އުރުގުއޭގެ ރައްޔިތަކަށް ވުމުން ކުރެވޭ އެއްވެސް އިހްސާސެއް ނުކުރެވޭނެ " ސުއަރޭޒް ބުނެފައިވެއެވެ.

އަދި ގްރިޒްމަންއަށް ފުޓްބޯޅައިގައި ކުރިއަށް ދިޔުމަށް ކުރެވިދާނެ ކަންތަށްތަށް ނޭނގޭ ކަމުގައިވެސް ސުއަރޭޒް ބުނެފައިވެއެވެ.

" ގްރިޒަމަންއަކަށް ނޭނގޭނެ އަހަރެމެން މިއީ ކޮން ބައެއްކަމެއް. އަދި ފުޓްބޯޅައިގައި ކުރިއަށް ދިޔުމަށް ކުރެވެން ހުރި ކަންތަށްތަކެއް. އޭނާއަށް ހަމައެކަނި އެނގޭނީ އަހަރެމެންގެ އާދަކާދައާއި އަހަރެމެން ވާހަކަ ދައްކާ އުޅޭ ބަހުން ވާހަކަ ދައްކަން. ނަމަވެސް ގްރިޒްމަންއަށް އެކަންތަށްތަށް އިހްސާސްވާ ގޮތާއި އަހަރެމެންނަށް އިހްސާސްވާ ގޮތް ވަރަށް ތަފާތުވާނެ " ސުއަރޭޒް ބުނެފައިވެއެވެ.

އުރުގުއޭގެ ކެޕްޓަން ޑިއޭގޯ ގޯޑިންއާއި ގާތް ގުޅުމެއް އޮންނަ ގްރިޒްމަންއަށް ސުއަރޭޒް ފާޑުކިޔާފައި ވާއިރު އެ ދެރަތިންނަކީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ދެކުޅުންތެރިންނެވެ.

ވޯލްޑްކަޕްގައި ފްރާންސާއި އެކި ގްރިޒްމަން މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު އޭނާ ވަނީ ފްރާންސާއި އެކު 2016 ގެ ޔޫރޯގައިވެސް ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު