މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ސީޝެލްސް އަތުން އެއްވަރުވެ މުބާރާތުން ރާއްޖެ ކެޓި މެޗުގައި ގިނަބައެއްގެ ސަމާލުކަން ލިބުނީ ފަހުކޮޅު ކުޅެން އެރި އަސްހަދު އަލީ (އަޑުބަރޭ) މިނެޓެއްގެ ތެރޭގައި ހޯދި ރަތް ކާޑަށެވެ.

ސީޝެލްސްގެ ކެޕްޓަން ސްޓީވްގެ މޫނުމަތީގައި އުޅަނބޮށިން ޖެހުމުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައި އަޑުބަރޭއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދައްކަން ރެފްރީ ކުޅުން މެދުކަނޑާލިއިރު ދިވެހި ޓީމުން އެޓޭކަށް އަރަނީއެވެ.

މި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޑުބަރޭ ކުޅެން އެރުވި ސަބަބާއި ގުޅޭގޮތުން ކޯޗާއި ސުވާލުކުރުމުން އޭނާ ބުނީ އެ ވަގުތު އަސަދުﷲ އަބްދުﷲ ވަރުބަލިވެފައި ހުރުމުން ބަދަލުގައި ވަރުގަދަ ފިޒިކަލީ ރަނގަޅު އަދި "ޓަފް" ކުޅުންތެރިއެއް ބޭނުންވީ ކަމަށެވެ.

"އޭނަ ޓީމަށް އެހީވާނެކަމަށް ނިންމައިގެން އެރުވީ، ދެން އެންމެނަށް ވެސް ފެންނާނެ ވީ ކަމެއް. މިއީ މި ވަގުތު އަހަންނަށް ވާހަކަ ދެއްކޭނެ ކަމެއް ނޫން. އޭނަ ކައިރި އަހާލީމަ ވީގޮތެއް އެނގޭނީ" މޮރިއޭރޯ ބުންޏެވެ.

އަޑުބަރޭ ފަހަތުން އައިސް ސީޝެލްސްގެ ކެޕްޓަންގެ މޫނުމަތީގައި އުޅަބޮށިން ޖަހާ މަންޒަރު ރިޕްލޭތަކުން ފެނެއެވެ. އަދި އޭނާގެ މޫނުމަތީގައި ޖެހުމުގެ ސަބަބުން ދަނޑުމަތީގައި ފަރުވާދިނުމަށް ގިނަވަގުތު ހޭދަވިތަން ވެސް ފެނިގެންދިޔަ އެވެ.

ރަތްކާޑު ދައްކާ ދަނޑުން ފޭބުމާއެކު މީސްމީޑިއާގައި ގިނަބަޔަކު ވަނީ މިއީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ހުރި މީހަކު ދަނޑުމަތީގައި ކޮށްގެންވާނެ ކަމެއްނޫން ކަމަށް ބުނެފައެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާއަކަށް ވާންޖެހޭ ސީނިއާ ކުޅުންތެރިންގެ ފަރާތުން މިއީ ފެނިގެންވާނެ މަންޒަރެއްނޫން ކަމަށްވެސް ބުންޏެވެ.

މި ނަތީޖާއާއެކު ރާއްޖެ ވަނީ މަހިންދަ ރާޖަޕަކްސް މުބާރާތުން އަލްވަދާއު ކިޔާފައެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދފސދފސދފ

    ރަނގަޅު ކުރަންވެއްޖެ އެއްނުން ހެޑިންތައް.

  2. fuppi kukulhu

    މިކަލޭގެ ސްޓޭޓް މިނިސްޓަރުކަމުގަ ބެހެއްޓުމަކީ މިއަމަލަށް ސަރުކާރުން ހިއްވަރު ދިނުން.. މީހާގެ އުޅުން އެއީ ދަނޑުމައްޗައްވަކި އުޅުމެއް ގޮތުގައި ސިފައެއް ނުކުރެވޭނެ. ވަގުތުން ވަގުތަށް މީނާ މަގާމުން ދުރުކޮށް އަލީ ވަހީދު ފިލުވި މައްސަލާގަ ޖަލަށް ލާންޖެހޭ

  3. ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

    މާރާމާރީ ހިންގީމާ ދަޢުލަތު ގެ މަތީ މަޤާމެއްގައި ހުރެވިގެން ނުވާނެ. ކަމަކުން-ކުރެ ކަމަކާއި ނުލާ އިންސާނެއްގެ މޫނުމަތީގައި ގައިގައިހުރި ބާރަކަށް އަޅާ-ވިހެލީމާ ވެސް، ސްޓޭޓް މިނިސްޓަރު ކަމުގައި ހުރެވޭ ޤައުމެއް މުޅި ދުނިޔޭގައި ވެސް ރާއްޖެ ނޫނީ އޮންނާނެ-ހެނެއް ހީއެއް ނުވޭ!

    10
  4. މުބީނު މާރނީ

    މިފަދަ އަގަލު ކުޑަ މީހުން މުޖުތަމަޢު ގެ ތެރެއަށް ދޫކޮށްލެވިގެން ނުވާނެ.