އޭއެފްސީ ކަޕަށް ކޮލިފައިވުމަށް ކުޅޭ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު ވެލެންސިއާ އާއި ބައްދަލުކުރަންޖެހޭ ޓީމަކަށް ބޫޓާނުގެ ޗެމްޕިއަން ޕަރޯ އެފްސީ ވެއްޖެ އެވެ

މި ދެ ޓީމު ޕްރީލިމިނަރީ ފުރަތަމަ ބުރުގައި ވާދަކުރަން ޖެހޭއިރު ރާއްޖެއިން ދެކުނު އޭޝިއާާއަށް ހާއްސަކޮށްފައިވާ ގްރޫޕުގެ ސީދާ ޖާގައެއް ލިބިފައިވަނީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ.

ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި މާޒިޔއާއެކު ދެން ހިމެނެނީ ބަންގްލަދޭޝް ޗެމްޕިއަން ބަޝުންދުރަ ކިންގްސް އާއި އިންޑިއާގެ އައި ލީގު ޗެމްޕިއަން ގޯކުލަމް ކެރެލާ އެވެ.

ގްރޫޕުގެ ހަތަރުވަނަ ޖާގަ ލިބޭނީ ޕްރީލިމިނަރީ ބުރުން މޮޅުވާ ޓީމަކަށެވެ. ރާއްޖޭއިން މި ކޮލިފައިންގައި ވާދަކުރަނީ ކުލަބް ވެލެންސިއާ އެވެ. ދެން ކޮލިފަައިން ބުރުގައި ހިމެނެނީ ނޭޕާލުގެ ޗެމްޕިއަން މަޗިންދުރަ އެފްސީ އާއި ލަންކާގެ ޗެމްޕިއަން ބްލޫ ސްޓާގެ އިތުރުން ބޫޓާނުގެ ޕަރޯ އެވެ.

ޕްރީލިމނަރީ ފުރަތަމަ ބުރުގައި ޕަރޯ ބަލިކޮށްފިނަމަ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއެވެ. އެ މެޗު ކުޅެން ތާވަލުކޮށްފައިވަނީ އޭޕްރީލް 12 އަށެވެ. އަދި ޕަރޯ އާއި ވެލެންސިއާ މެޗު ކުޅެން ހަމަޖެހިފައިވަނީ އޭޕްރީލް 5 ގައެވެ.

ޕްރީލިމިނަރީ ދެވަނަބުރުގެ މެޗު ކާމިިޔާބުކޮށްފިނަމަ ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ އޭޓީކޭ މޯހަންބަގާން އާއެވެ. މި މެޗު ތާވަލުކޮށްފަައިވަނީ އޭޕްރީލް 19 ގައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްސްޓޭޖުން ޖާގަ ލިބިގެންދާނެ އެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިން މެޗުތައް ރޭވިފައިވާ ގޮތް

މިފަހަރުގެ ކޮލިފައިން ކުޅޭނީ އެއް ބުރަށް ސެންޓްރްލަޒަައިޒް ކޮށެވެ. އެއީ ކޮވިޑުގެ ހާާލަތު ގޯސްވުމުގެ ސަބަބުން ދަތުރުފަތުރުގެ ކަންކަމަށް އުނދަގޫވާނެތީ އެވެ.