ރައީސުލްޖުމްހޫރިއްޔާ ގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޓްރޮފީއާއެކު ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ރ.އަލިފުއްޓަށް ވަޑައިގެންފި އެވެ.

މަހްލޫފް އަލިފުއްޓަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން އެފްއޭއެމުގެ އިސްވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުޅިވަރާބެހޭ ވަޒީރުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ މިއަދު އެ ފައިނަލް މެޗަށް ވަޑައިގެންފައެވެ.

ޓްރޮފީ އާއެކު މަހްލޫފް އަލިފުއްޓަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔަނީ-- ފޮޓޯ: އެފްއޭއެމް

މުބާރާތުގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު ވެލެންސިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ރ.އަލިފުށީ ޓާފް ދަނޑުގައެވެ.

މި މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަންނަވާ ގޮތަށް އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ. ނަމަވެސް ދަތުރަށް ފުރުމުގެ ކުރިން ހެދި ކޮވިޑު ޓެސްޓުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެހެންކަމުން ފައިނަލް މެޗުގައި ރައީސް ނުފެންނާނެއެވެ. ނަމަވެސް ދައުލަތުގެ އެހެން ބައެއް އިސްވެރިން މި މެޗުގެ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މުބާރާތުގެ ފައިނަލް މެޗެއް އަތޮޅުތެރޭގައި ކުޅޭ މިއީ ތިންވަނަ ފަހަރެވެ. ފައިނަލް މެޗުގެ ތެރެއިން ހާއްސަ ހަރަކާތްތަކެއް ވެސް ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފައިނަލް މެޗު ކުޅޭ ދަނޑަކީވެސް ހާއްސަ ތަނެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައިގެ ފޯރި ވަރުގަދަކުރުމުގެ ގޮތުން ކުރިޔަށްގެންދާ މަސައްކަތްތަަކުގެ ތެރެއިން އަލިފުށީގައި އަޅާފައިވާ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި ކުޅޭ ހާއްސަ މެޗެކެވެ. މިއީ މި ފެންވަރުގެ ބޮޑު މެޗެއް އެ ދަނޑުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަސީހު

    ކޯޓައްފިލައިގެންއުޅޭ ބޭފުޅަކާ ހާދަވައްތަރޭ

    20
  2. މަ

    ކޮންމެވެސް މީހަކު މަ އަލިފުއްޓަށް ގެންދެބަލަ ޕްލީޒް😭💚

    6
    2
  3. ހުސެން

    ދަރުބާރުގޭގަ ތިބޭ އެޗްޕީއޭ މީހުންނަ ނުފެންނަ މަންޒަރު

    14
  4. ރަތުނާ

    ޗެނެލް13 ސަމާހްގެ ތާއީދު އިންތިހާ އަށް ބޮޑުވީމާއި ކަރަޕްތް ބިގޭ ހުންއައީ. މޮޔަވަނީ

  5. ކިޔުންތެރިޔާ

    މިސްޓަރ ޒީރޯ ޓޮލަރެންސް ރައީސްގެ ކެބިނެޓުގެ ކޮރަޕްޝަން މިނިސްޓަރުތޯ ؟

  6. ބިގޭ

    މީ ތާހިރުެވެރިކަމެއް ކުރަން ބުނާ އެމްޑީޕީގެ ޑީލަރުންގެ ހާލަކީ! ނުތާހިރު ވެރިކަނެއްނޫންތޯ! ގާނޫނެއް ގަވަޢިދެއް އަރާ ހަމަކުރެވޭ ބައެއްނޫން! ލަދު ޙަޔާތްވެސް ކުޑައީ! އެހެންތާ ވާނީ! ޅައިރުއްސުރެ އުޅެބޮޑެތިވީ އެހެން! ސްކޫލުންވެސް ކަނޑާ ބުރުވާލީ އަޚްލާޤޭ ކިޔާއެއްޗެއް ތިމާމީހާގެ ކިބައިގައި ނެތީމަ!

  7. އަހައްމަދޫ

    އެއްބަޔަކު ބުނަނީ ރޭޓު މައްޗޯ. އަނެއް ބަޔަކު އުޅެނީ މީހުން އެއްކޮށްގެން ރޭޓުމަތިނުކުރެވިގެން