އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައީޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިކް ސަންޗޭސް އައު ސީޒަނާއި ދިމާކޮށް އޭނާގެ ހެއާސްޓައިލް އަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ސަންޗޭސް ވަނީ އޭނާގެ ބޯ ވަރަށް ތުނިކޮށް ކޮށާލާފައެވެ.

ސަންޗޭސްގެ އައު ހެއާސްޓައިލް އާއި އެކު ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާއިރު އެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ބައެއް މީހުން ބުނެފައިވާ ގޮތުގައި ސަންޗޭސްގެ ހެއާސްޓައިލް އެންމެ ބޮޑަށް ވަށްތަރީ ދާދި ފަހުން ސްޕެއިންގެ ރެެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެއާސްޓައިލް އާއެވެ.

އައު ސީޒަނާ ދިމާކޮށް ސަންޗޭސްގެ އިންތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައިވަނީ އައު ސީޒަންގައި ތަފާތު ކުޅުމެއް ދެއްކުމުގެ އުންމީދުގައި ކަމަށް ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނެއެވެ.

29 އަހަރުގެ ސަންޗޭސްއަކީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ދެވަނަ މެންޗެސްޓާ ޔުނައިޓެޑަށް ހޯދައި ދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެވެ. އާސެނަލްއިން މިއަހަރުގެ ޖެނުއަރީގައި ސަންޗޭސް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވާއިރު އޭނާ އަންނަނީ ޔުނައިޓެޑްގައި ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ.

އުމުރުން 17 އަހަރުގައި ކޮބެރެލާއިން ކްލަބް ފުޓްބޯޅަ ފެށި ސަންޗޭސް އަކީ ސްޕެއިންގެ އެންމެ ބޮޑު އެއްކުލަބުކަމަށްވާ ބާސެލޯނާއަށްވެސް ކުޅެދީފައިވާ ކުޅުންތެރިއެވެ، އަދި ސަންޗޭސްގެ ވިދުން އެންމެ ގަދަވެގެން ގޮސްފައިވަނީވެސް އޭނާ ބާސެލޯނާގައި ހޭދަކުރި ދުވަސްވަރުގައެވެ.

ސަންޗޭސް އަކީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތަށް ހޯދައިފައިވާ ކުޅުންތެރިއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފާހަގަކޮށްލެވެއެވެ

ކިޔުންތެރިންގެ ހިޔާލު