ފުޓްބޯޅައިގެ އާޖީލެއް އުފައްދާނީ އަދުގެ ޖީލު ބާކީ ކޮށްފައި ނޫން ކަމަށް ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިމިވަނީ އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ޓީމުގެ ސްކޮޑުން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ބާކީ ކުރީ އާ ޖީލަކަށް ފުރުސަތު ދޭންވެގެން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަގަނޑޭ އަކީ މިވަގުތު ވެސް އަދި ދިވެހި ތާރީހުގައި ވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި ގައުމީ ޓީމަށް އެ ކުޅުންތެރިން ކޮށްދިން ކަންތައްތަކުގެ އަގު ވަޒަން ކުރާނީ މިގޮތަށް ނޫން ކަމަށެވެ. އަދި ދަގަނޑޭ ގައުމީ ޓީމަށް ނަގަންޖެހޭ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ދަގަނޑޭ އަށް މިފަހަރުގެ ޓީމުން ފުރުސަތު ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން ގައުމީ ޓީމްގެ ކޯޗަށާއި އެފްއޭއެމް އަށް އަމާޒުވެފައިވާއިރު ދަގަނޑޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވަނީ ސާފް ސުޒުކީ ކަޕުގައި ވާދަކުރާ ޤައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށް ބުނެފައެވެ. އަދި އަލުން ރާއްޖެ އަށް ތަށި ގެނެސްދިނުމަށް ވެސް ދަގަނޑޭ އެދިފައިވެއެވެ.

ދަގަނޑޭ ގައުމީ ސްކޮޑުގައި ހިމަނާފައިވާއިރު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ އޭނާ ވަނީ ޓީމުން މީގެކުރިން ވަކިކޮށްފައެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕަށް ނަގާ ސްކޮޑުގައި ދަގަނޑޭ ހިމަނާނެ ކަމަށް މީގެކުރިން އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގެ ނަން ހިނގާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް ރާއްޖެ އަށް ފުޓްބޯޅަ އިން ބައިނަލްއަޤުވާމީ މުބާރާތެއް ކާމިޔާބުވެފައި ވަނީ 2008 ވަނަ އަހަރު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޛޖސޖ

    ޖީލު ބާކީކޮށްފަވެސް އާޖީލެއް އުފައްދަންޖެހިދާނެ. ބާޖީލުގެ ކުޅުންތެެިންގެ ކިބައިގައި އަޚްލާގެއް ނެތްނަމަ ބާކީވާނެ. ކޮންމެކަމަކީ އުޅުމާއި އަޚްލާގާއި ކިޔަމަންތެރިކަމާ ގުޅޮލިފައިވާ ކަމެއް. ޑުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ޕްރޮފެޝަނަލް ކުޅުންތެރިންގެ ތާރީޚާއި އެމީހުން އުޅެ ގޮަތް ވިސްނާލަބަަލަ.

    • އެމްބާ

      ހަގީގަތުގަ ބަލީ ތި ކޯޗު ހަހަހަ.

  2. ހިތްވަރު

    މީދެންވަރަށް ދެރަކަމެއް. ދިވެހިރާޢްޖޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާ އަށް އިޚްތިރާމް ނުކުރާމީހަކު ކޯޗަކަށް ލައިގެން ދެން ކޮން ޖީލެއް ބިނާކުރެވޭނީ.... ދަނގަޑޭ މިގަޢުމަށް ތަށިހޯދައިދިނީ އެތަކެއް އަނިޔާތަކެއްވެ ގައިން ލޭ އޮހޮރުވައިގެން. މިކަން ދިވެހިން ހަނދާން ނެތިއްޖެޔާމުން ވަރަށް ވެސް ދެރަ.

    • ކައްޓި

      ގައިން ލޭއޮހޮރުވުމަކީ އުމުރުދުވަހަށް ބޭނުންހާ ގޮތަކަށް އުޅެ، އަޙްލާޤެއް އަދަބެއް ސަދަބެއްނެތި އުޅުމަށް އޮންނަ ލައިސަންސްއެއް ނޫން.

  3. ބަނޑަކު

    މިރާއްޖޭގެ ފުޓްބޯޅަ ބޮޑު އަނދަވަޅަކަށް ވައްޓައިލީ ތިޔަ އަލީ ވަޙީދު. އެމް.ޑީ.ޕީ. ސަރުކާރުގައި ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ހުރިހާ ފުޓްބޯޅަ ޓީމު ތަކެއްގެ މެނޭޖަރުކަން ޕާޓީގެ އިސްމީހުން ހޯދައިގެން ފުޓްބޯޅަ ހަލާކުކުރީ. އޭގެ ހެއްކެތް ވިކްޓަރީ. އަދިވެސް އުޅެނީ ސަލާމަތް ނުވެވިގެން. ނަސީބެއް ނިއުރޭޑިއަންޓްއަށް ޢަލީ ވަޙީދުގެ ކިބައިން އަވަހަށް ސަލާމަތް ވެވުނުކަން.
    ދެން ބުނެލަން، މިހާރު ޖީލަކީ ބޮޑާ ހާކާ ތިމާހިތުހުރިހާ ގޮތަކަށް އުޅެން ދިމާކޮށްގެން މާ ސަޕޯރޓަރުންވެފައި، ބޭނުން ވައްތަރަކަށް އުޅެންޏާ ނުޖެހޭނެ ފުރުޞަތު ދޭކަށް. ގައުމުދާނީ އެކަހަލަ ބޮޑާހާކާ އަމިއްލައެދުންބޮޑު މީހުން ބާކީކޮށް ފަހަތަށް ޖައްސުވައި ކުރިޔަށް.