ފީފާ ވޯލްޑް ކަޕުގައި ޕޯޖުގަލް 1-0ގެ ނަތީޖާއަކުން ބަލިކޮށް، މޮރޮކޯ ތާރީހީ ރިކޯޑްތަކެއް ހޯދައިފިއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި 44،198 މީހުންގެ ކުރިމަތީ ކުޅުނު މި މެޗުގައި މޮރޮކޯއިން ވަނީ މެޗުގެ ލީޑު ނެގުމާއި އެކީ ޑިފެންސިވް ކުޅުމެއް ދައްކައި ފަހި ވަގުތާއި ހަމައަށް ޕޯޗުގަލް ހިފަހައްޓާފައެވެ.

މިމެޗުން ލިބުނު މޮޅާއި އެކީ މޮރޮކޯ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، މިއީ އެޓީމުން ބައިވެރިވި 6 ވޯލްޑް ކަޕުގެ ތެރެއިން ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެޓީމަށް ވޯލްޑް ކަޕެއްގައި އެންމެ ދުރަށް ދެވިފައިވަނީ ގަދަ 16 އަށެވެ.

މިފަހަރު މުބާރާތުގައި މޮރޮކޯ ސެމީއަށް ދަތުރު ކޮށްފައިވާއިރު، އެ ރިކޯޑުގެ އިތުރުން މޮރޮކޯ ވެގެން ގޮސްފައިވަނީ އެފްރިކާ ގައުމުތަކުގެ ތެރެއިން ފުރަތަމަ ސެމީއަށް ދަތުރު ކުރި ގައުމަށެވެ. އަދި މުސްލިމް، އަރަބި ވެސް ފުރަތަމަ ގައުމަށެވެ.

މޮރޮކޯގެ އާބާދީ 37 މިލިއަނަށް އަރާއިރު، އޭގެ ތެރެއިން 99 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އޭގެ ތެރެއިން 0.1 އިންސައްތަ މީހުންނަކީ ޝީޢީ މުސްލިމުންނެވެ. ދެން ތިބީ ސުންނީ މުސްލިމުންނެވެ.

ފީފާ ރޭންކިންގެ 22 ވަނައިގައި އޮވެ، ރޭންކިންގެ 9 ވަނައިގައި އޮތް ޕޯޗުގަލް ކުއާޓާ ފައިނަލުން ބަލި ކުރުމާއި އެކީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވެސް ވަނީ އެކަން ފާހަގަކޮށް، މޮރޮކޯއިން ހޯދި ތާރީހީ މޮޅަށް މަރުހަބާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުޢާ

    ދުޢާ ކުރާނީ މުސްލިމުންގެ ކުރިއެރުމަށް މަގޭ ރޮނާލްޑޯ އަށް އިޙްތިރާމް ކުރަން އަދި އޭނާ އަކީ މުސްލިމުންނަށް އެހީދޭމީހެއްކަން އިނގޭ..އުންމީދު
    ކުރަނީ ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބު ކުރާ މުސްލިމު ގައުމަކަށް މޮރޮކޯވުން.

    21
  2. ވިކިލީކްސް

    މަރުހަބާ މޮރޮކޯ. މުސްލިމު ޓީމުތައް މިހިސާބަށް އައި 2 ވަނަ ފަހރު މިއީ.
    2002 ވަނަ އަހަރު ޖޫންމަހުގެ 26 ވަނަދުވަހު ވޯލްޑްކަޕް ސެމީފައިނަލުގަ ތުރުކީ ކުޅުނު. ބުރެޒިލްއާ ދެކޮޅަށް.. ރޮނާލްޑޯ ޖެހި ލަނޑާއެކު 0-1 ގެ ނަތީޖާއިން ތުރުކީ އެފަހަރު ބަލިވީ. އެފަހަރު ވޯލޑްކަޕްގެ 3 ވަނަ ޓީމަކީ ތުރުކީ. އެއީ 3 ވަނަ ހޮވާ މެޗުގަ 2-3 ން ސައުތުކޮރެއާ ބަލިކޮށްގެން.
    މިފަހަރު ޕޯޗުގަލް ބަލިކޮށް މޮރޮކޯ ސެމީއަށް މިއައީ. ބުނެވޭނީ މުސްލިމު ޓީމެއް މިހާހިސާބަށް އައި 2ވަނަ ފަހަރޭ މިއީ.

    15