ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރ އަޝްރަފް ހަކީމީގެ މައްޗަށް އަންހެނަކު ރޭޕް ކުރުމުގެ ދައުވާ، ފްރާންސްގެ ޕްރޮސެކިއުޓަރުން އުފުލައިފިއެވެ.

އުމުރުން 24 އަހަރުގެ ހަކީމީ، އުމުރުން 24 އަހަރުގެ އަންހެނަކު ރޭޕް ކުރީ ހަކީމީގެ ގޭގައި މިދިޔަ މަހު ކަމަށް އަންހެން މީހާ ބުނެއެވެ. އޭނާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެވެ.

ހަކީމީގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތުތައް އޭނާ ވަނީ ދޮގު ކޮށްފައެވެ. ހަކީމީގެ ގާނޫނީ ވަކީލް މީޑިއާގައި ބުނީ ހަކީމީގެ މައްޗަށް ކުރަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތެއް ކަމަށެވެ. ތުހުމަތުތަކާއި ގުޅިގެން ހުރިހާ އިދާރާއަކަށް ވެސް ހަކީމީ އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވަކީލް ވަނީ ބުނެފައެވެ.

ހަކީމީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް ޕީއެސްޖީ އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ޕީއެސްޖީ އިން ބުނީ ތުހުމަތުތައް ކުޅުންތެރިޔާ ދޮގު ކުރާ ކަމަށާއި ފްރާންސްގެ ޝަރުއީ ދާއިރާއަށް އިތުބާރު އެބައޮތް ކަމަށެވެ.

ހަކީމީގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލައިގެ ޝަރީއަތް އެތައް އަހަރަކަށް ދިގު ދެމިގެން ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ހަކީމީ އަކީ ގަތަރުގައި މިދިޔަ އަހަރު އޮތް ވޯލްޑްކަޕްގެ ހަތަރު ވަނަ މޮރޮކޯއަށް ހޯދައި ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އެފްރިކާ ބައްރުން މިހާތަނަށް އެއްވެސް ގައުމަކަށް ނުހޯދޭ ވަރުގެ ކާމިޔާބެއް މޮރޮކޯ އިން ހޯދުމުގައި ހަކީމީ އަދާކުރި ދައުރާއި ގުޅިގެން އޭނާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަހަރެން ހީކުރީ އޭނާ އެއީ އެނެއްވައްތަރު ކަމައް.

    3
    9
  2. ހަކީމީ ފޭން

    މުސްލިމު ކުޅުންތެެރިންނަށް ޔޫރަޕުގައި ރޭވިގެން ދެވޭ ހަމަލާއެއް ރޭޕްގެ ތުހުމަތަކީ ފީފާގެ މޮޅު ފަސްކުޅުންތެރިން ތެރޭ ހިމެނުމުނއ ހަޖަމެއް ނުވި ބަޔަކު ކުރުވާ ކަމެއް

    27
    5
  3. ޖަމިއްޔާ

    މުސްލިމު ކުޅުންތެރިއެއް ފިޔަޖަހަމުންދާތީ ފުރާންސު އެލްޖީބީޓީ ސަރުކާރަށް ހަޖަމު ނުވެގެން މުސްލިމުންގެ އަގު ވައްޓާލަން ކުރާކަމެއް ކަމުގަ ވެދާނެތަ؟

    31
    3
    • ނަނަނަ

      ތިކަމުގެ އަޑީގަ އޮންނާނީ އިޒްރޭލު..

      6
      2