ޕެނަލްޓީ ޖަހައިގެން ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް ސްޕެނިޝް ސުޕަ ކަޕް ފައިނަލަށް ދަތުރުކޮށްފިއެވެ.

ސައުދީ އަރަބިއާގެ ރިޔާދްގައި ކުޅުނު ސެމީ ފައިނަލް މެޗްގެ ފުރިހަމަ ވަގުތުގައި 1-1 ގެ ނަތީޖާއިން އެއްވަރު ވުމުން ޕެނަލްޓީ ޝޫތްއައުޓްއަކަށް ރެއާލް އަދި ވެލެންސިއާއި ކުރިމަތިލާން ޖެހުނެވެ.

ސުޕަ ކަޕް ފައިނަލަށް ރެއާލްއަށް ދަތުރުކުރެވުނީ ޓީބައު ކޯޓޫއާ ޖޯސޭ ގާޔާގެ ޕެނަލްޓީ މަތަކޮށްދީ، ވެލެންސިއާ އަތުން 4-3 ގެ ނަތީޖާއަކުން ޕެނަލްޓީ ޝޫޓްއައުޓުން ރެއާލް މެޑްރިޑް މޮޅުކޮށްދިނުމުންނެވެ.

ގަޔާ އަށް ޕެނަލްޓީ ނާކާމިޔާބުވުމުގެ ކުރިން، އެ ޓީމުގެ ދެވަނަ ޕެނަލްޓީ އެރޭ ކޮމާޓް ޖެހީ ބޭރަށެވެ. އެ ޓީމުގެ ޕެނަލްޓީތައް ވައްދާލީ އެޑިންސަން ކަވާނީ، އިލައިކްސް މޮރިބާ ހޫގޯ ގިލޮމަން އެވެ. ރެއާލްގެ ޕެނަލްޓީތައް ޖެހީ ކެޕްޓަން ކަރީމް ބެންޒެމާ، ލުކަ މޮޑްރިޗް، ޓޯނީ ކްރޫޒް، އަދި މާކޯ އެސެންސިއޯ އެވެ.

ފުރަތަމަ ހާފްގައި އޭރިއާ ތެރޭގައި އެރޭ ކޮމަރޓް ހެދި ފައުލްއެއްގެ ސަބަބުން ކަރީމް ބެންޒެމާއަށް ލީޑް ފުޅާ ކުރެވުނެވެ. އެހެން ނަމަވެސް ވަގުތުކޮޅެއް ފަހުން ޓޯނީ ލޭޓޯގެ އެހީތެރިކަމާއިއެކީ ސެމުއެލް ލިނޯ ޖަހައިދިން ލަނޑުން ވެލެންސިއާއަށް ރެއަލްއާއި އެއްވަރު ކުރެވުނެވެ.

މި މެޗްގައި ލިބުނު އިތުރު ވަގުތުކޮޅުގައި ވިނިކިއަސް ޖޫނިއަރއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެހެެން ނަަމަވެސް، ވެލެންސިއާއިން ވަނީ މި ލަނޑު ހުށިޔާރުކަމާއިއެކީ ދިފާއުކޮށްފައިއެވެ.

ސެމީފައިނަލް ދެވަނަ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް ބެޓިސް ނުކުންނަން ވަނީ ހަމަޖެހިފައިވެއެވެ. މި މެޗްއަށް ފަހު އަންނަ އާދީއްތަ ދުވަހު މުބާރާތުގެ ފައިނަލްގައި ރެއާލް އާއި ބައްދަލުކުރާނެ ޓީމެއް ކަށަވަރުވެގެންދާނެއެވެ.