އިންޑިއާ އާއި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ގުޅިގެން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗު ކުޅެފައިވަނީ ދެ ގައުމުގެ ފަންނާނުން ދެ ބަޔަކަށް ބަހާލައިގެންނެވެ. އެ މެޗުގެ ރެފްރީކަން ކޮށްފައިވަނީ ރާއްޖޭގެ ކޮމީޑިއަން ހުސެއިން ޝާދު (މަޓޭ)އެވެ. އެއް ޓީމަށް 'ރޮކްސްޓާސް'ގެ ނަން ދީފައިވާއިރު އަނެއް ޓީމަށް ދީފައި ވަނީ 'ސުޕަސްޓާސް' ނަމެވެ.

އުރުވަޝީ ރައުޓެލާ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު 14-11ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ސުޕަ ސްޓާ ޓީމުންނެވެ.

މި މެޗުގައި އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ އަފްތާބް ޝިވްދާސާނީ، ޝަރުމަން ޖޯޝީ އަދި ރޯހިތު ބޯސް ރޯއީ ވަނީ ފެނިގެން ގޮސްފައެވެ.

ބޮލީވުޑްގެ ތަރިންތަކަކާއި ދިވެހި ފަންނާނުން ކުޅުނު މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގައި ކުޅުނު ދިވެހި ފަންނާނުންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް، ކޮމީޑިއަންނުން ކަމުގައިވާ ނަޒީރު ޝިހާމް (ކާއްޓޭ) އަދި ރެފްރީއެއްގެ ގޮތުގައި ހުސެން ސާދު (މަޓޭ) ވެސް ހިމެނެއެވެ.

މި މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން މިސް ޔުނިވާރޝް އިންޑިއާގެ މަގާމު ދެ ފަހަރު ހޯދާފައިވާ އެކްޓްރެސް އުރުވަޝީ ރައުޓެލާ ވަނީ ބައިވެރިވެފައެވެ. އަދި އުރުވަޝީ ވަނީ މެޗުން މޮޅުވި ޓީމަށް ޓްރޮފީ ވެސް ހަވާލުކޮށްފައެވެ.

ބޮލީވުޑްގެ ތަރިންތަކަކާއި ދިވެހި ފަންނާނުން ކުޅުނު މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މެޗް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވަނީ އިންޑިއާގެ އިވެންޓް މެނޭޖްމަންޓްގައި ހަރަކާތްތެރިވާ ޓުއަރނިވަލް ކުންފުންޏެވެ.

ބޮލީވުޑްގެ ތަރިންތަކަކާއި ދިވެހި ފަންނާނުން ކުޅުނު މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މެޗު ބަލާލުމަށް ރާއްޖޭގައި ތިބި ބޮލީވުޑަށް ފޯރި ހުންނަ ގިނަ ބަޔަކު ގޮސް ވަނީ ދަނޑަށް ގޮސްފައެވެ. މެޗު ބެއްލެވުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަނާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ އިތުރުން އަންނަ އާދިއްތަ ދުވަހުގެ ރޭ ފަންނާނުންގެ ކާނިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ހަރަކާތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފޮޓޯތަކުން ފެންނަނީ ސަޕޯޓަރުން ދަނޑު ފުރާލާފައި ވަނިކޮށް.
    މިހާރުގެ ޖީލުގައި ނޫޅޭ ބޮލީވުޑު ސަޕޯޓަރުންނެއް.