މި އަހަރުގެ ޖޫން މަހު ރަޝިޔާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ބެލުމަށްޓަކައި އެ ޤައުމަށް ދާ ފަރާތްތަކަށް މަސްތުވާތަކެތި ހިފައިގެން އެ ޤައުމަށް އެތެރެވުމުގެ ހުއްދަ އެ ޤައުމުން ދީފިއެވެ.

މުޅި ދުނިޔެ ހައިރާން ކުރުވާފައި ރަޝިޔާގެ އޮފިޝަލުން މިކަން ހާމަ ކޮށްފައި ވީ ނަމަވެސް، މިފަދަ ގޮތަކަށް އެ ޤައުމަށް އެތެރެ ވެވޭނީ އެ މަސްތުވާ ތަކެއްޗެއް ބޭނުން ކުރުމުގެ ސިއްހީ ހުއްދަ އެއް އޮތް ފަރާތްތަކަށް އެކަން ސާބިތު ކޮށްދިނުމަށް ފަހުގައެވެ.

ރަޝިޔާގެ ރައީސް ވޯލްޑް ކަޕުގެ ތަށި ހިފައިގެން

ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ވޯލްޑް ކަޕު ފެށުމަށް ހަމަ ޖެހިފައިވާ އިރު މި ހުއްދައިގެ ދަށުން ހެރޮއިން، ކޮކެއިން އަދި ކެނަބިސް ފަދަ މަސްތުވާތަކެތީގެ ބާވަތްތައް އެ ޤައުމަށާއި ސްޓޭޑިއަމްތަކަށް އެތެރެ ކުރެވޭނެއެވެ.

އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މި ހުއްދަ ލިބިފައިވާ ކޮންމެ މީހަކަށްވެސް އެތެރެ ކުރެވޭނީ އެންމެ ޕެކޭޖެކެވެ. އަދި އެއަށް ވުރެން ގިނައިން އެތެރެ ކުރަން ބޭނުންވާ ނަމަ، އެކަމަށް ބާރުދޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ރަޝިޔާގެ ޖުމްލަ 11 ސިޓީ އެއްގައި 1 މަސް ދުވަހުގެ ނިޔަލަށް ކުރިޔަށް ދިއުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް މިހާރުވެސް އެތައް ޤައުމަކުން އަންނަނީ ތައްޔާރުވަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. "ޢިއްޒަތްތެރިންނޭ" އަނެއްކާ ތިޔަކަން ކޮޕީކޮށްގެން ނަމަ ނަމަ މިރާއްޖޭގައި ތިޔަކަން ތިޔަގޮތަށް ނުކުރާތި!

  2. ސުބުހާނައްލާހި

  3. ބިރުވެތިވޭ

    ސުބުހާނައްލާހި

  4. އިބްރާހިމް

    ތިކަމުގެ ފަހަތުގައި އޮއްނާނެ ކޮއްމެސް ކަމެއް ފޮރުވިފައި،އެހެނީ މަސްތުވާތަކެތި ބޫނުންކުރާމީހުން ދެނެގަތުން ނޫނީ ރަސިޔާގަނުގެންގުޅޭކަހަލަ މަސްތުވާ ތަކެތި ދުނިޔޭގަ އެހެންތާކު ގެންގުޅޭތޯބެލުންވެސް އެއީ ވެދާނެކަމެއް.