ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް ކާރު ދުއްވަމުން މޯބައިލް ފޯނާއި ކުޅެން އިން ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ދެކުނުގައި އޮންނަ މާސޭސައިޑުގައި ސަލާހް ކާރި ދުއްވަމުން ފޯނާ ކުޅެފައިވާއިރު އެކަން މާސޭސައިޑުގެ ފުލުހުންވެސް ވަނީ ކަށަވަރުކޮށްފައެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފުޓްބޯޅަ ކުޅުންތެރިއަކު ކާރު ދުށްވަމުން މޯބައިލް ފޯނާއި ކުޅުނު މައްސަލައެއް ފުލުހުންނަށް ހުށައެޅުފައިވާ ކަމަށެވެ. އަދި އެމައްސަލަ ކަމާބެހޭ ފަރާތްކާއި ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުންބުނެއެވެ.

ސަލާހްގެ މައްސަލައިގައި ޕްެރިިމިއާ ލީގުގެ މެނޭޖުމެންޓުން ވެސް ވަނީ އެ ފަދަ ކަމެއް ތަކުރާރު ނުކުރުމަށް ސަލާހް އަށް ނަސޭހަތްތެރިވެފައެވެ.

"އަހަރެމެންވާނެ ސަލާހް އަށް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައި. އަދި ކުލަބުގެ ސަމާލުކަމަށް ވެސް އެކަން ވާނެ ގެނެސްފައި. އެތަކެއް ސަޕޯޓަރުންނަކާއި ކުޑަކުދިނެއް ކުރިމަތީގައި ސަލާހް ފޯނާއި ކުޅުނީ. މިއީ އެފަދަ ކުޅުންތެރިއްގެ ފަރާތުން ފެނިގެންވާނެ އަމަލެއް ނޫން" ޕްރިިމިއާ ލީގުގެ ސްޕޯކްސް ޕާސަން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ދުއްވަމުން ފޯނާއި ކުޅުނު ،މައްސަލައިގައި ސަލާ ހްވެސް އަދި އޭނާގެ ކުލަބު ލިވަޕޫލްއިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެެއް ނުވެއެވެ.

https://www.youtube.com/watch?v=Cc35hKLftuA

ސަލާހް ލިވަޕޫލް އާއި އެކު މިދިޔަ ސީޒަންގައ ތަފާތު މޮޅު ކުޅުމެއް ކުޅެފައިވާއިރު އޭނާ ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ކަޅު ނަސްލުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ. އަދި ނިމިގެން ދިޔަ އަހަރު އޭނާ ލިވަޕޫލް އާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާއިރު ސަލާހް އެއްބަސްވުން އާކުރީ ލިވަޕޫލްގެ ތާރީހުގައިވެސް އެކުލަބަށް ކުޅޭ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.