އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން 4-1 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުން ލިބުނު މޮޅާއެކު މިވަގުތު އާސެނަލް އޮތީ އަށް ޕޮއިންޓް ތަފާތުން ތާވަލްގެ އެއްވަނައިގައެވެ. އާސެނަލް ކުޅުނު 28 މެޗުން އެ ޓީމަށް ލިބިފައި ވަނީ 69 ޕޮއިންޓެވެ. އެ ކުލަބަށް ޕްރިމިއާ ލީގުގައި ބާކީ އޮތީ އެންމެ 10 މެޗެވެ.

ދެވަނައިގައި 27 މެޗު ލިބުނު 61 ޕޮއިންޓާ އެކު، އޮތީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ލީގުގައި ސިޓީގެ މެޗެއް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުއެވެ. ސިޓީ ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ. އާސެނަލް އިން ހަމަ އެ ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ.

އާސެނަލް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ވެސް އާސެނަލްއެވެ. ނަމަވެސް ހާފްގެ ފުރަތަމަ ކޮޅު ކްރިސްޓަލް ޕެލެސް ކުޅުންތެރިން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ކްރިސްޓަލް ޕެލެސް އިން އުފެއްދި ހަމަލާތަކުގެ ނަތީޖާއަކަށްވީ އާސެނަލް އިން މެޗުގައި ލީޑް ނެގުމެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އާސެނަލް އަށް މި ގޯލް ކާމިޔާބުކޮށް ދިނީ ގެބްރިއަލް މާޓިނެލީއެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި އާސެނަލްގެ ބުކަޔޯ ސަކާ ދިން ބޯޅައެއްގައި މާޓިނެލީ ޖެހި ގޯލެކެވެ.

އާސެނަލް އިން ލީޑް ނެގީ މެޗުގެ 43 ވަނަ މިނެޓުގައި ސަކާއެވެ. މިއީ އާސެނަލްގެ މިޑްފީލްޑަރު ލިއެންޑްރޯ ޓްރޮސާޑް ދިން ރީތި ބޯޅައެއްގައި ސަކާ ތިރިތިރިން ކަނަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ.

އާސެނަލްގެ ތިން ވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ 55 ވަނަ މިނެޓުގައި ގްރެނިޓް ޝާކާއެވެ.

މި ލަނޑު ޖެހި ފަހުން ކްރިސްޓަލް ޕެލެސް އަށް މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެން ޖެފްރޭ ޝްލަޕް ވަނީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްދީފައެވެ.

އާސެނަލްގެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓު ކާމިޔާބުކޮށް ދީފައި ވަނީ ސަކާއެވެ.

ޕްރިމިއާ ލީގުގައި ރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅެފައިވެއެވެ. އެގޮތުން ޓޮޓެންހަމް އާއި ސައުތެމްޓަން ބައްދަލު ކުރި މެޗު 3-3 އިން އެއްވަރުވި އިރު، ޗެލްސީ އާއި އެވަޓަން މެޗު ވެސް 2-2 އިން ވަނީ އެއްވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑެނީ

    ގޫނާރސް ފެމެލީ އައް އުފާވެރި ހަބަރެއް

    • އެލެފަންޓް

      ފަޅޯގަސް ބިންދައިގެންދާނެ. ނިމޭއިރު ކުރީގައި އޮންނާނީ ސިޓީ. ބަލަމާދޯ