ޖަރުމަނުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މެސުޓް އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އޮޒިލް ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލި ކަން އިއުލާން ކުރީ މިއަދެވެ. ސަތާރަ އަހަރަށް ވުރެ ގިނަ ދުވަހު ފުޓްބޯޅަ ކުޅުމަށް ފަހު، ކުޅުން ހުއްޓާލަން ޖެހުނު އެއް ސަބަބެއް ކަމުގައި އޮޒިލް ފާހަގަކޮށްފައި ވަނީ ފަހަކަށް އައިސް އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.

އާސެނަލް އާއި ރެއާލް މެޑްރިޑްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އޮޒިލްއަކީ ޖަރުމަނުގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ނަމަވެސް ނިމިދިޔަ ވޯލްޑް ކަޕްގައި އޭނާ އަށް ފުރުސަތު ދީފައެއް ނުވެއެވެ. އޮޒިލް ވަނީ 2009 ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެދީ 23 ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އާސެނަލުގައި ތަފާތު މޮޅު ކުޅުމެއް އޭނާގެ ފަރާތުން ފެނިގެން ދިޔަ އިރު, މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ 184 މެޗުން 33 ގޯލް ޖަހައިދީފައެވެ.

މީގެ އިތުރުން ރެއާލް މެޑްރިޑުގައި ވެސް މޮޅުކުމެއް އޮޒިލް ވަނީ ދައްކާފައެވެ. އެގޮތުން ރެއާލްއަށް ކުޅެދިން 105 މެޗުގައި 19 ގޯލު ކާމިޔާބުކޮށްދިން އިރު ގޯލު ޖަހާނެ 54 ފުރުސަތު ތަނަވަސްކޮށްދިނެވެ.

މީގެ އިތުރުން އޮޒިލްގެ 17 އަހަރުވީ ކެރިޔަރގައި އާސެނަލާއެކު ހަތަރު ފަހަރު އެފްއޭ ކަޕާއި އިނގިރޭސި ސުޕަރ ކަޕު ދެފަހަރު ކާމިޔާބުކޮށްފައިވެއެވެ. މީގެ އިތުރުން ރެއާލް މެޑްރިޑާއެކު ސްޕެނިޝް ސުޕަރ ކަޕް އާއި ސްޕެނިޝް ޗެމްޕިއަންކަންވެސް ހޯދާފައިއެވެ. 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕު ކާމިޔާބު ކުރި އިރު އޮޒިލްގެ ހިއްސާ ވަރަށް ބޮޑެއެވެ. މީގެ އިތުރުން 2014/15 ސީޒަނުގެ ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޮޒިލް ވަނީ ހޯދާފައެވެ.

އާއިލާގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެހީތެރިކަން ފާހަގަ ކުރަމުން ބަޔާނުގައި އޮޒިލް ވަނީ އޭނާގެ ހުރިހާ ކޯޗުންނާއި އެކުގައި ކުޅުނު ހުރިހާ ކުޅުންތެރިންނަށްވެސް ޝުކުރު އަދާކޮށްފައެވެ. އަދި ފުޓުބޯޅައިން ނުފެނުނު ކަމުގައި ވީނަމަވެސް އޭނާގެ މީސް މީޑިއާ ޕުލެޓްފޯމްތަކުން ނުގެއްލޭނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިކިލީކްސް

    އީޒްރޭލަށް ފާޑު ކިޔުމުގެ ސަބަބުން އާސެނަލްއިން އޮޒިލް ބޭރުކޮށްލީ. އަދި އޮޒިލްއާމެދު ޔޫރަޕްގެ ހުރިހާ ކުލަބުތަކުން ނުރުހުންވި. ސަބަބަކީ އޮޒިލް އެޓީމެއްގައި ހިމަނާނަމަ އެޓީމަކަށް ސްޕޮންސަރ ނުލިބޭނެތީ. އެހެންވެ ހުޅަނގުގެ އެއްވެސް ކުލަބަކުން އޮޒިލް ގެންދާކަށް ބޭނުމެއްނުވި. އޮޒިލް ފުޓުބޯޅަ ކުޅެން ހުއްޓާލަން ޖެހުނު އަސްލަކީ މިއީ. އިންޝާﷲ އޮޒިލް އަށް ބާއްޖަވެރިކަން އެދެން. ޔަހޫދީން ނިކަމެތިކުރައްވާށި!