"ކިންގް ސްޕޯޓްސް ރަމަޟާން ކްރިކެޓް ކާރނިވަލް" ގެ ސެމީ ފައިނަލް މެޗް ހޯމަ ދުވަހު ފަށަން ހަމަޖެހިއްޖެއެވެ.

ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ ކިންގް ސްޕޯޓްސް ރަމަޟާން ކްރިކެޓް ކާރނިވަލްގެ ސެމީ ފައިނަލަށް ހޯމަ ދުވަހު ނުކުންނާނީ ޓީމް ޔަންގް ސްޓާރ އަދި ކުނަހަންދޫ ފެނަކަ ބްލޫ ޓީމްއެވެ.

ޓީމް ޔަންގް ސްޓަރގެ ކެޕްޓަން ޢަލީ އިލްހާމް ބުނެފައިވާގޮތުގައި މާދަމާގެ މެޗް އެހާ ފަސޭހަ ނުވާނެކަމަށާއި ފައިނަލަށްދެވޭނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް މަސައްކަތްކޮށްގެން ކަމަށާއި މާދަމާގެ މެޗްގައި ކުޅެން ޖެހޭނީ އިދިކޮޅު ޓީމްއަކީ މޮޅު ޓީމްއެއް ކަން ދަނެގެން ކަމަށެވެ. "އިރާދަކުރެއްވިއްޔާ ފައިބާނީ މޮޅުވެގެން" އިލްހާމް ބުނެފައިވެއެވެ.

ކުނަހަންދޫ ފެނަކަ ބްލޫ ޓީމްގެ ކެޕްޓަން ޢަބްދުﷲ ޖަބީން ބުނީ މި މުބާރާތަށް ނިކުތީ ވަރަށް ފޮނި އުންމީދެއް އޮވެެގެން ކަމަށާއި އިދިކޮޅު ޓީމަކީ ވަރަށް ހުނަރުވެރި ކުދިންތަކެއް ކަމަށެވެ. "އެކަމަކުވެސް ޖެހިލުން ނުވޭ، ޔަންގް ސްޓަރއާއި އެކީ ކުޅެންވީގޮތް އިނގޭ، އިރާދަކުރެއްވިއްޔާ ތަފާތުކޮށް ކުޅޭ ފައިނަލަށް ދާ ފުރަތަމަ ޓީޟަކަމަށް ފެނަކަ ބްލޫ ވާނެ އިންޝާ ﷲ" ޖަބީން ބުންޏެވެ.

ސެމީ ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ގަޑިން 16:30 ގައިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ލ. ކުނަހަންދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގައި ކުނަހަންދޫގައި ބާއްވަމުން އަންނަ ޚާއްސަ މުބާރާތެކެވެ.

މި ފުރުޞަތުގައި ސިކްސް ސެންސަސް ލާމް ރިޒޯޓްއިން ދޭ އެހީތެރިކަން ފާހަގަކުރަމުން ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް ތަމްސީލުކުރަމުންދާ ލިރްޣާމް ޞަޢީދު (ލަރޭ) ވަނީ އެ ރިޒޯޓްގެ ޖެނެރަލް މެނޭޖަރ ކަމަށްވާ މާޓިން ވެން ވެލްއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ކްރިކެޓް ބޯޑުން ދޭ އެއްބާރުލުމުގެ އިތުރަށް ކިންގްސް ސްޕޯޓްސްއަށާއި މާލޭ ސްޕޯޓްސް ކްލަބްގެ އިތުރުން ކުނަހަންދޫ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ އެކަމަށްޓަކައި އެ ފަރާތްތަކަށްވެސް ލިރްޣާމް ވަނީ ޚާއްސަ ޝުކުރު އަދާކޮށްފައިއެވެ.

ކިންގް ސްޕޯޓްސް އިން ސްޕޮންސަރކުރަމުންދާ "ރަމަޟާން ކްރިކެޓް ކާރނިވަލް"ގެ ފޮޓޯ ނެގުމާއި ޓްރާންސްޕޯޓް އިންތިޒާމްކޮށްފައިވަނީ މުޙައްމަދު އަޒީލްއެވެ. އަދި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ވަގުތު މީޑިއާއެވެ.

 

ކިޔުންތެރިންގެ ހިޔާލު