ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކުޅެމުން އަންނަ އެކުއެޑޯގެ މިޑްފީލްޑަރު، މޮއިސަސް ކައެސޭޑޯ ޗެލްސީއާ ގުޅުމަށް ބޭނުންވެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކެއިސޭޑޯ ވަނީ ޗެލްސީއާ އެކުގައި އެއްބަސްވުމެއް ހަދަން ނިންމައިފައެވެ. އެކަމަކު، ކެއިސޭޑޯ އަށް ދެވޭނީ ޗެލްސީ އާއި ބްރައިޓަންއާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރެވިގެންނެވެ.

ކެއިސޭޑޯ ހޯދުމަށް ޗެލްސީން ވަނީ މީގެ ދެ ހަފްތާ ކުރިން 60 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައިފައެވެ. އެކަމަކު، ބްރައިޓަން އިން އެ އަގާ މެދުގައި ހިތްހަމައެއް ނުޖެހެއެވެ. ބްރައިޓަން އިން ބޭނުން ވަނީ 80 މިލިއަން ޕައުންޑެވެ. ބްރައިޓަން އޮތީ ކައެސޭޑޯ، 21 ފަސޭހަ އިން ދޫކޮށްލާ ގޮތަކަށް ނޫނެވެ.

އެހެންވެ، ކައިސޭޑޯ ބޭނުން ނަމަ، ބްރައިޓަން އިން ބުނާ އަގެއް ޗެލްސީން ދޭން ޖެހޭނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން އޮތީ ވެސް ބްރައިޓަން އިން ބުނާ އަގު ދޭ ގޮތަށެވެ.

ކައިސޭޑޯ ހޯދުމަށް ޕްރިމިއާ ލީގުގެ ބައެއް އެހެން ކުލަބުތަކުން ވެސް ޝައުގުވެރިވެއެވެ. އޭގެ ތެރޭގައި އާސެނަލް އާއި ލިވަޕޫލް ވެސް ހިމެނެއެވެ. އެކަމަކު، ކައިސޭޑޯ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ޗެލްސީއެވެ.

ޗެލްސީން ކައިސޭޑޯ ހޯދުމުގެ މަސައްކަތް ފެށީ އެ ޓީމުގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެ ޓީމު ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވުމާ ގުޅިގެންނެވެ. އަދި އެ ޓީމުގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް މެންޗެސްޓާ ސިޓީ އަށް ބަދަލުވާ އިރު، މޭސަން މައުންޓް ވެސް މެންޗެސްޓާ ޔުނައިޓެޑަށް ދިއުން ކައިރިއެވެ.

އިންސްޓަގްރާމްގައި ކައެސޭޑޯ މީގެކުރިން ކުރި ޕޯސްޓެއްގައި ބުނީ ބްރައިޓަންގައި މިހާތަނަށް އޭނާ ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެ ކްލަބަށް އަބަދުވެސް ހާއްސަ ލޯތްބެއް އޮންނާނެ ކަމަށެވެ. އެކަމަކު، މިއީ ކެރިއަރުގައި އާ ދިމާލަށް މިސްރާބު ޖަހަންވީ ވަގުތު ކަަމަށް ގަބޫލުކުރެވޭ ކަމަށް ބުންޏެވެ.