ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އިން ފަސޭހަކަމާ އެކު ފުރަތަމަ މޮޅު ހޯދައިފިއެވެ.

ލީގުގެ ދެވަނަ މެޗުގައި އެސްޓަން ވިލާ އިން ވަނީ ފަސޭހަކަމާއެކު، 4-0 އިން އެވަޓަން ބަލިކޮށްފައެވެ. އެވަޓަން ވަނީ މިދިޔަ ސީޒަނުގައި ތާވަލުގެ 17 ވަނައިގައި އޮވެގެން ރެލިގޭޓްވުމުގެ ތުންފަތްމަތީގައި ސީޒަން ނިންމާލައިފައެވެ. ހަމަ އެއާއެކު އެެސްޓަން ވިލާއިންވަނީ މިދިޔަ ސީޒަނުގައި ތާވަލުގެ ހަތް ވަނައިގައި ޕްރިމިއާ ލީގްގެ 18 މެޗުން މޮޅުވެގެން 61 ޕޮއިންޓުން ނިންމާލައިފައެވެ.

ފުރަތަމަ ހާފްގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެސްޓަން ވިލާގެ ކެޕްޓަން އުމުރުން 28 އަހަރުގެ ޖޯން މަކްގިންއެވެ. މެޗްގެ 24 ވަނަ މިނަޓުގައި އެވަޓެންގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް ފަހަތުގައި ހެދުނު ގޯހަކުން ވަނީ އެސްޓޮން ވިލާއަށް ޕެނަލްޓީއެއް ލިބިފައެވެ.

މި ލަނޑު އެސްޓޮން ވިލާއަށް ކާމިޔާބު ކޮށްދީފައިވަނީ ބްރެޒިލްގެ އުމުރުން 25 އަހަރުގެ ޑަގްލަސް ލޫއިސްއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ގެ ނަތީޖާއިން އެސްޓަން ވިލާއިން ކުރީގަ އޮވެގެނެވެ.

މެޗްގެ 51 ވަނަ މިނެޓުގައި އެސްޓަން ވިލާއިން އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އުމުރުން 26 އަހަރުގެ ލިއޯން ބެއިލީއެވެ. އެސްޓޮން ވިލާގެ 4 ވަނަ ލަނޑު ކާމިޔާބު ކޮއްފައިވަނީ މެޗްގެ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއް ގޮތަށް ކުޅުމާ ބައިވެރިވި އުމުރުން 19 އަހަރުގެ ކޮލަމްބިއާއަށް އުފަން ޖޯން ޑުރަންއެވެ. މެޗް ނިިމިގެން ދިޔައީ އެސްޓަން ވިލާ 4-0 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓޮން ވިލާގެ ލިއޯން ބެއިލީއެވެ.

އެސްޓޮން ވިލާ ޕްރެމިއާ ލީގްގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 27 ވަނަ ދުވަހު ބާންލީއާ ދެކޮޅަށެވެ.