ޕްރިމިއާ ލީގު ޗެލްސީ އަށް ކުޅެމުން އަންނަ ފޯވާޑް ކައި ހަވާޓްޒް އާސެނަލް އަށް ސޮއިކޮށްފިއެވެ.

އާސެނަލްގެ ކޯޗް މީކެލް އާޓެޓާ ބުނީ ޖަރުމަނަށް ނިސްބަތްވާ ކައި ހަވާޓްޒްއަކީ އޭނާ ހޯދަން ހޭދަކުރި ބޮޑު އަދަދާ އެކަށޭނަ ކުޅުންތެރިޔެއް ކަމަށެވެ. ހަވާޓްޒް ހޯދުމަށް އާސެނަލްއިން ވަނީ 65 މިލިއަން ޕައުންޑްގެ ޑީލްއެއް ހުށަހަޅައިފައެވެ.

މި އަގުގައި ހަވާޓްޒް އާސެނަލްއަށް ގެންދިއުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައެވެ. މިކަމާއި ގުޅޭގޮތުން ކޯޗް އާޓެޓާ ބުނީ އާސެނަލްއިން ތަޖުރިބާކާރު ޒުވާން ކުޅުންތެރިންނަށް އިސްކަން ދޭނެ ކަމަށާއި ހުނަރުވެރި ކުޅުންތެރިން ގެނެވޭނީ އެކަށޭނަ ވަރަކަށް ޚަރަދުކޮށްގެން ކަމަށެވެ. ޗެމްޕިއަންސް ލީގްގައި ހަވާޓްޒް ދެއްކި ހުނަރަށްވެސް އާޓެޓާ ވަނީ ތައުރީފުކޮށްފައެވެ.

އާޓެޓާ އުންމީދު ކުރަނީ ހަވާޓްޒް ސްކޮޑްގައި ހިމަނައިގެން އާސެނަލްއަށް ކުރިއަށް އޮތް ސީޒަނުގައި ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ކަމަށެވެ. އޭނާ ވަނީ ސިޓީއަށް ޓްރެބްލް ކާމިޔާބުކުރެވުނު ކަމަށްޓަކައި ހިތާމަކުރާކަން ފާޅުކޮށްފައެވެ. އަދި އާސެނަލްއިން ޕްރިމިއާ ލީގް ކާމިޔާބުކުރުމަށް ކުރަމުންދާ 20 އަހަރުގެ އިންތިޒާރަށް ނިމުމެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

ހަވާޓްޒް ގެންދިއުމަށް އާސެނަލް އިން ކުރިންވެސް ބިޑް ކުރިއެވެ. އެކަމަކު، އެ ބިޑް ޗެލްސީން ބަލައިގެންފައެއް ނުވެއެވެ.

އުމުރުން 24 އަހަރުގެ ހަވާޓްޒް ޖަރުމަނުގެ ގައުމީ ޓީމްގައިވެސް ހިމެނެއެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ޗެލްސީ އަށް ހަތް ލަނޑު ޖަހައި ދީފައެވެ.