ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަރިމް ބެންޒެމާގެ ލޯބިވެރިޔާ ޖޯޑަން އޮޒުނާ އިސްލާމް ދީން ގަބޫލުކޮށްފިއެވެ.

އެމެރިކާ އަށް އުފަން މޮޑެލް ޖޯޑަން އަޒުނާއަކީ ބެންޒެމާގެ ހަތަރުވަނަ ދަރިފުޅުގެ މަންމައެވެ.

"އަހަރެން އިސްލާމްވެއްޖެ. މެޑްރިޑްގެ މިސްކިތުގައި ކީރިތި ގުރުއާން ކިޔަވާ އަޑު އިވުމުން އަހަރެންނަށް ކުރި ފުން އަސަރުން ލޮލުން ކަރުނަ ފޭބި" ޖޯޑަން އަޒުނާ ބުންޏެވެ.

ޖޯޑަން އަޒުނާ އިސްލާމް ދީނަށް ބަދަލުވީ މެޑްރިޑްގެ މިސްކިތެއްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

ޖޯޑަން ބުނީ އޭނާ ފާއިތުވި ރޯދަ މަހުގައި ގުރްއާން ކިޔާވާ ދިރާސާކޮށް ހެދި ކަމަށެވެ. އަދި އިސްލާމް ދީނަށް ބަދަލުވުމުގެ ކުރިން ނަސާރާއަކާ ބެހޭގޮތުން ލިޔެފައިވާ ދަ ސީކަރޑް ޕޭތް" ފޮތް ކިޔާ އުޅުނު ކަމަށް އޭނާ ކިޔާދިނެވެ. އިސްލާމްދީނާއި ބެހޭ ދިރާސާތައް ކުރުމަށްފަހު، އެ ދީނަކީ ވަރަށް ފުރިހަމަ ދީނެއް ކަން އޭނާއަށް ވިސްނުނު ކަމަށް ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޖޯޑަން އަޒުނާ ބުނެފައިވެއެވެ.

ޖޯޑަން އަޒުނާ ބުނީ ބެންޒެމާއަށް ސަޕޯޓްކުރުމަށްޓަކައި އޭނާ ސައުދީ އަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕްރޮފެޝަނަލް ބޮކްސަރެއްގެ ދަރިފުޅު ކަމުގައިވާ ޖޯޑަން އަޒުނާ ބުނީ ބެންޒެމާއާއި ފުރަތަމަ ދިމާވިއިރު ބެންޒެމާއަކީ ކާކުކަން އޭނާއަށް ނޭނގުނު ކަމަށެވެ. ޖޯޑަން އަޒުނާއަކީ އެމެރިކާ މީހަކަށްވުމުން، އޭނާއަށް ޔޫރަފްގެ ފުޓްބޯޅަ ކުޅުންތެރިންނާ ގުޅޭ މާ ގިނަ މައުލޫމާތު ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބިޔާއްކަލޯ

    މި ހަބަރު ކިޔާލީމަ މިއިންދޭހަވި އެއްޗަކީ ބެންޒަމާކަން ފުރަތަމަ އިސްލާމްކަން ގަބޫލުކުރަންޖެހެނީ. 4 ވަނަ ދަރިފުޅުގެ ބައްޕަ ވިއްޔާ ތީ.

    14
    1
  2. Anonymous

    ސަޢޫދީއަށް ދާއިރު އިސްލާމްވެގެން ހުރީމަ ލިބޭނެ ފައިސާ ގިނަވާނެ. ދުނިޔޭގެ ދަހިވެތިކަމުގައި އުޅޭ މީހުން ކޮންމެ ކަމެއް ވެސް ކޮށްފާނެ. އިސްލާމްވެގެން އިސްލާމްދީނަށް ގޮވާލަން ކާފިރުންގެ ތެރެއަށް ދިޔަނަމަ އިސްލާމްވީ ތެދު ނިޔަތުގައި ކަމަށް ގަބޫލުކުރެވިދާނެ. މިހާރު ތިއުޅޭ ގޮތުން ޝައްކުކުރެވޭ.

    11
    1