އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑާއި މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމުގެ ދަށުން ގުޅުނު ދެ ކުޅުންތެރިއެށް ދޫކޮށްލަން އެކުލަބުން ނިންމައިފިއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން އެކުލަބުން ދޫކޮށްލަން ނިންމާފައި ވަނީ ވޯޓް ވެގޯރސްޓް އާއި މާސެލް ސަބިޓްޒަރއެވެ.

ސަބިޓްޒަރ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައި ވަނީ ބަޔާން މިޔުނިކުގައި ހުރުމަށްފަހު އެވެ. އަދި ވޯޓް ވެގޯރސްޓް ކުޅެމުން އައީ ބާންލީއަށެވެ. އަންނަ ސީޒަނަށް ޓީމު ތައްޔާރު ވަމުން އަންނަ އިރު، ކޯޗު ޓެން ހާގް މި ކުޅުންތެރިން ދޫކޮށްލުމަށް ފަހު އާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެންމެ ފަހުގެ މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން ސަބިޓްޒަރ ވިއްކާލުމުގެ މަސައްކަތް ބަޔާންއިން މިހާރު ދަނީ ކުރަމުންނެވެ. 20 މިލިއަން ޔޫރޯއަށް ވުރެ ކުޑަ އަގަކަށް ވިއްކާލުމަށް ތައްޔާރުވަމުން އަންނަ އިރު، އަދި މި ކުޅުންތެރިޔާ ހޯދުމުގެ މަސައްކަތެށް އެއްވެސް ކުލަބަކުން ކުރަމުންދާ ކަމުގައި އެއްވެސް މީޑިޔާ ރިޕޯޓެށް ނުބުނެވެ.

ވެގޯރސްޓް ބާންލީއިން މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުމުގެ ކުރިން ވަނީ ތުރުކީގެ ކުލަބަކަށްވެސް ލޯނު އެއްބަސްވުމެށްގެ ދަށުން ކުޅެފައެވެ. އެހެން ކަމުން އަނބުރާ ދާނީ ބާންލީއަށްތޯ ނޫނީ ތުރުކީގެ ބެސިކްޓަސްއަށްތޯ އަދި އޭނާ ނުނިންމާ ކަމުގައި މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.

ފޯރިއާއި އެކު ހޫނު މޫސުމުގެ ޓްރާސްފަރ ކުރިއަށް ދާއިރު، މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މައުންޓްގެ ސޮއެ ހޯދާފައެވެ. މީގެ އިތުރުން އިންޓަރ މިލާންގެ ކީޕަރު އޮނާނާ ހޯދުމުގެ މަސައްކަތްވެސް ޔުނައިޓެޑުން ދަނީ ކުރިއަށެވެ. އެހެން ނަމަވެސް އެހެން ކުލަބުތަކަށްވުރެ ކުޅުންތެރިން ހޯދުމުގައި ޔުނައިޓެޑު އުޅެނީ ފަހަތުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ މިލްކުވެެރިކަމާއި މެދު ގޮތެށް ނުނިމި ގިނަ ދުވަސްތަކެށް ވަމުންދާއިރު، ކުޅުންތެރިން ގަތުމުގައިވެސް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމުގައި މީޑިޔާ ރިޕޯޓުތަށް ބުނެއެވެ. މިކަމާއި ގުޅިގެން މިދިޔަ ހަފުތާގައި ޔުނައިޓެޑުގެ ދަނޑު ބޭރުގައި ގިނަ އަދަދެށްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް އިހުތިޖާޖުވެސް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު