ސޭވް އެފްއޭއެމް ކެމްޕޭން ޓީމުން ގައުމީ ފުޓްބޯޅަ ކޮންފަރެންސެއް ބާއްވަން ނިންމާފިއެވެ.

މިކަމާއި ގުޅިގެން ސޭވް އެފްއޭއެމް އިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ މި ކޮންފަރެންސްގެ މަގްސަދަކީ ފުޓުބޯޅަ ލާމަރުކަޒުކޮށް ގައުމީ ޕްރޮފެޝަނަލް ލީގެއް ބައްޓަންކުރާނެ ގޮތެއް ކަނޑައެޅުން ކަމަށެވެ.

ރޭ "ސޭވް އެފްއޭއެމް" އިން ނެރުނު ބަޔާނުގައި ބުނީ ސޭވް އެފްއޭއެމް އުފެދުނީ މުޅި ރާއްޖެ ޝާމިލުވާ ޕްރޮފެޝަނަލް ލީގެއް ހިންގާނެ ނިޒާމަކަށް ފުޓްބޯޅައިގެ ހިންގުން ބަދަލު ކުރުމަށް ކަމަށެވެ. މީގެ އިތުރުން ފަށައިގެން އުޅެނީ އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބަދަލުކުރުމުގެ މަސައްކަތެއް ނޫން ކަމަށާއި، އެ ހަރަކާތަކީ ފެއިލްވެފައިވާ ފުޓްބޯޅަ ހިންގުމުގެ ނިޒާމް ބަދަލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް "ސޭވް އެފްއޭއެމް" އިން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފުޓްބޯޅަ ހިންގުމުގެ ނިޒާމުގައި ހިފެހެއްޓި ސިއްރު ކުރެވިފައިވާ ކަންކަން ނިމުމަކަށް ގެނެސް ފާޅުގައި "ކެމްޕޭން" ކޮށް ދެފުށް ފެންނަށް އުސޫލަކުން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަކީ ވެސް އެ ހަރަކާތުން ބާރުއަޅާ ކަމެއް ކަމަށް ވެސް ސޭވް އެފްއޭއެމުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ހަރަކާތުން ބުނީ އެފްއޭއެމްގެ ދަށުން އަތޮޅު އަދި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް ބާރުއަޅައި އަތޮޅު ކްލަބްތަކަށް އެ އެސޯސިއޭޝަންގެ ކަންކަން ނިންމުމުގައި ވޯޓް ލުމުގެ ހައްގު ހޯދައި ދިނުމަކީ ވެސް ސޭވް އެފްއޭއެމްގެ އެއް މަގުސަދު ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅަ ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަށް ކުރުމަށް ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނާއި، ޓީމު ތަކުގެ އިސްވެރިންނާއި އެކު ފެށި "ސޭވް އެފްއޭއެމް" ހަރަކާތަކީ ރާއްޖޭގެ ފުޓުބޯޅަ ރަނގަޅު ހަރުފަތަކަށް ގެންދިޔުމުގެ ފެށުން ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭގެ ފުޓުބޯޅައަށް ގިނަ ބައެއްގެ ފާދު ކިޔުން އަމާޒުވެފައި ވާއިރު، ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް "ފައިލް" ވެފައި ވާ ކަމުގައި ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތެންކިޔޫ

    ސޭވް އެފްްއޭމް އެއް ނޫން. ސޭވް ދިވެހި ފުޓްބޯޅަ

  2. Anonymous

    އާމިރަކީ ދިވެހި ފުޓުބޯޅަޔަށް ލޯބިކުރާ ދިވެއްސެއް. ސަލްސާ އާމިރުގެ ހިތްވަރާއިއެކު މިކަން މިފަހަރު ވާނެ. އިންޝާﷲ

  3. ސަންސެޓް

    އަބަދު ބޮއެގެން ދެބަންދިހާރަ ވެފަތިބޭ މީހުންނަށް ތިކަން ވާނެތަ؟