އިޓާލިއަން ސެރިއޭގައި އެޓަލާންޓާއަށް ކުޅެމުން އަންނަ ޑެންމާކްގެ ހުނަރުވެރި ފޯވާޑް ރަސްމުސް ހޮޖްލަންޑް މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މެންޗެސްޓާރ ޔުނައިޓެޑަށް ފޯވާޑެއްގެ ބޭނުންޖެހިފައިވާ މިދަނޑިވަޅުގައި ހޮޖްލަންޑްގެ ޓްރާންސްފާގެ ވާހަކަތައް މީޑިޔާގައި އަޑުފެތުރެން އުޅޭތާ ވަރަށް ގިނަދުވަސްވެއްޖެއެވެ. މިގޮތުން މިޓްޜާންސްފާގެ ވާހަކަތަށް ގަދަވި ދުވަސްކޮޅު ޔުނައިޓެޑް މިހާރުގެ ކޯޗް އެރިކް ޓެން ހަގް ނިސްބަތްވާ އެޖެންޓްކަމަށްވާ އެސްއިޖީ އެޖެންޓާ ގުޅިފައިވޭއެވެ.

މީގެ އިތުރުން ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާކަން ވަނީ ހާމަކޮފައެވެ. ފްރާންސްގެ ޕީއެސްޖީން މި ޓްރާންސްފާ ހައިޖެކްކޮށްލަން އެތަކެއް މަސައްކަތެއް ކުރިޔަސް އެކަންވަނީ ނާކާމިޔާބުވެފައިވާކަން މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.

ހޮޖްލަންޑް ޔުނައިޓެޑަށް ގުޅުމަށް ޖުމްލަ ޓްރާންސްފާގެ އަގަކީ 70 މިލިޔަން ޔޫރޯކަމަށް ޓްރާންސްފާ ގުރޫގެ ގޮތުގައި މަޝްހޫރު ވެފައިވާ ފަބްރިޒިޔޯ ރޮމާނޯ ބުނެފައި ވާއިރު ބައެއް މިޑިޔާ ރިޕޯޓްތަށް ބުނާގޮތުން 64 މިލިޔަން ޕައުންޑް ބޯނަސްއެއްގެ ގޮތުގައި 8 މިލިޔަން ޕައުންޑާއެކީ ޖުމްލަ 72 މިލިޔަން ޕައުންްޑް ކަމަށްވާއިރު އަނެބައި މީޑިޔާ ރިޕޯޓްތަށް ބުނެފައިވަނީ 75 މިލިޔަން ޔުރޯގެ އިތުރު ބޯނަސްތަކާ އެކީ ޖުމްލަ 85 ޔޫރޯ ކަމަށެވެ.

ހޮޖްލަންޑްގެ މެޑިކަލްގެ ކަންކަމާއި ޓްރާންސްފާގެ ލިޔެކިޔުންތަށް ،މިހާރު ދެކުލަބުން ފަށާފައިރު ޔުނައިޓެޑާއެކީ 5 އަހަރުގެ އެއްބަސްވުމެއް ޔުނައިޓެޑުން ބޭނުމިއްޔާ އެއްބަސްވުން އިތުރު އެއްއަހަރަށް އިތުރުކުރާގޮތަށް ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީ މިޓްރާންސްފާގައި ޔުނައިޓެޑުން ގެނައި 4 ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޔުނައިޓެޑުން ވަނީ ޗެލްސީން މެސަން މައުންޓް، އިންޓައިން އަންދްރޭ އޮނާނާ، މިދިޔަ ސިޒަނުގައި ލެސްޓަ ސިޓީއަށް ކުޅުނު ފްރީ އެޖެންޓެއްގައި ހުރި ކުރީގައި ޔުނައިޓެޑްގައި ވިދާލީ ޖޮނީ އެވެންސްވެސް ޕްރީސިޒަންގެ ކޮންޓްރެކްޓެއްގައި ގެނެސްފައެވެ. ޖޮނީ އެވެނެސްގެ ޕްރީ ސިޒަންގެ ކޮންޓްރެކް ދާޢިމީކޮށް މިއަންނަ ސިޒަނުގައި އެވެންސް ޔުނައިޓެޑްގެ ޖޯޒީގައި ފެނިދާނެތޯ އަދި ގޮތެއް ނުނިންމާ ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު