އެޓަލާންޓައަށް ކުޅުނު ޑެންމާކްގެ ޒުޥާން ފޯވާޑް ރަސްމުސް (20 އަހަރު) ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

މިކަން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ކަށަވަރުކޮށްދީފައެވެ. އެއްސީޒަނުގައި އެޓަލާންޓާއަށް ކުަޅުނު ރަސްމުސް ވަނީ އެކުލަބަށް 34 މެޗް ކުޅެލަދީ 10 ގޯލް ކާމިޔާބު ކޮށްފައެވެ.

ރަސްމުސް ފުޓްބޯޅައިގައި ޔޫތް ކެރިއަރުގައި ޑެންމާކްގެ ކޯޕަންހެގަންގެ ޔޫތު ޓީމަށް ކުޅުމުގެ ކުރިން ވަނީ އެޗްޔޫއީ، ބީ.93 ބޮރޮންޑްބީ އެކަޑަމީ އަށް ކުޅެފައެވެ.

ރަސްމުސް އެންމެ ބޮޑަށް ވިދާލީ ކޯޕަންޙޭގަންގައެވެ. ކޯޕަންހެގަންގެ ޔޫތު ޓިމަށް ކުޅެލަދިނުމަށްފަހު ސީނިޔާ ޓީމުގައި 32 މެޗް ކުޅެދީ 5 ގޯލު ކާމިޔާބުކޮށްފައެވެ.

ކޯޕަންހެގަން ދޫކޮށް އޮސްޓްރިޔާގެ ސްޓްރަމް ގްރާޒް އަށް ގުޅުނީ 2022 ވަނަ އަހަރުގައެވެ. ސްޓްރަމް ގްރާޒްގައި ރަސްމުސްވަނީ 18 މެޗް ކުޅެދީ 12 ގޯލް ކާމިޔާބު ކޮށްފައެވެ. ހަމަ އެއަހަރު ވަނީ އިޓަލީގެ އެޓަލާންޓާއަށް ގުޅިފައެވެ. އެޓަލަންޓާ ދުކޮށް ރަސްމުސް ޔުނައިޓެޑަށް ގުޅުނީ 72 މިލިޔަން ޕައުންޑަށް 5 އަހަރުގެ އެއްބަސްމުވުގެ ދަށުންނެވެ.

އަދި ރަސްމުސް ޔުނައިޓެޑްގައި ހިތްހަމަޖޭހެވަރުގެ ކުޅުމެއްދެއްކިއްޖެ ނަމަ އިތުރު 1 އަހަރަށް އެއްބަސްވުން އިތުރު ކުރާގޮތަށެވެ.

ޑެންމާކްގެ ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަސްމުސް ވަނީ ޔޫރޯ 2024 ކޮލިފައިންގައި މިވަގުތުގެ ޓޮޕް ސޯކްރާގެ މަޤާމް ހޯދާފައެވެ. މިހާރު ޔުނައިޓެޑް ޕްރީ ސީޒަނުގައި ލެންސްއާ ކުޅެމުން އަންނަ އެކުވެރި ކަމުގެ މެޗްގައި ރަަސްމުސް ވަނީ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައެވެ.

ރަސްމުސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ އެޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ނަމަވެސް އަދި އޭނާ ކުޅޭނީ ކޮން ނަމްބަރަކަށް ކަމެއް އިއުލާނެއް ނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު