ފީފާ އަންހެނުންގެ ވޯލްޑް ކަޕްގައި އޮސްްޓްރޭލިޔާ ކުއާޓާ ފައިނަލަށް ދަތުރުކޮއްފިއެވެ.

އޮސްޓްރޭލިޔާ ސްޓޭޑިއަމްގައި ކުޅެވުނު ގަދަ 16ގެ މެޗް ވަނީ އޮސްޓްރޭލިޔާ ފަސޭހަ ކަމާއެކީ ޑެންމާކް އާއި ދެކޮޅައް ކާމިޔާބު ކޮއްފައެވެ.

މި މެޗްގައި އޮސްޓްރޭލިޔާއިން ވަނީ މޮޅު ކުޅުމެއް ދައްކާ ދެ ލަނޑާއެކު މެޗް ކާމިޔާބު ކޮއްފައެވެ. މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮއްފައިވަނީ އާސެނަލްގެ އުމުރުން 28 އަހަރުގެ ކެއިޓްލިން ފޫރްޑެވެ. ފޫރްޑް ވަނީ މުޅި މެޗްގައި މޮޅު ކުޅުމެއް ދައްކައި ސަޕޯޓަރުންގެ ސަމާލުކަން ހޯދައިފައެވެ.

ފުރަތަމަ ހާފްގައި ޑެންމާކް ލަނޑެއް ޖަހަން ވަރަށް މަސައްކަތް ކުރިއެވެ، ނަމަވެސް އޮސްޓްރޭލިޔާގެ ފަހަތައް ކުޅޭ ކުޅުންތެރިން ވަނީ ވަރަށް ހުޝިޔާރު ކަމާއެކީ ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިން ދެ ޓީމުން ވެސް ގޯލާ އަމާޒުކޮށް ގިނަ ނުރައްކާތެރި ހަމަލާ ތަކެއް ވަނީ ފޮނުވާލައިފައެވެ.

މެޗްގެ 70 ވަނަ މިނެޓުގައި އުމުރުން 28 އަހަރުގެ ހޭލީ ރަސޯ ވަނީ އޮސްޓްރޭލިޔާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮއްދީފައެވެ. ޑެންމާކް އިން ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ޑެންމާކް އިން ވަނީ މުޅި ޖުމްލަ 13 ހަމަލާ ގޯލާ އަމާޒުކޮށް ފޮނުވާލައިފައެވެ، އޮސްޓްރޭލިޔާއަށް އުފެއްދިފައިވަނީ 10 ހަމަލާއެވެ.

އޮސްޓްރޭލިޔާ ވަނީ ގުރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުން 6 ޕޮއިންޓާއެކު ގުރޫޕް ސްޓޭޖް ކާމިޔާބުކޮށް ގަދަ 16 އައް ދަތުރު ކޮއްފައެވެ. ކުއާޓާ ފައިނަލްގައި ވާދަ ކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ މާދަމާ މޮރޮކޯ އަދި ފްރާންސް ދެ ޓީމު ބައްދަލު ކޮށްގެން މޮޅުވާ ޓީމަކުންނެވެ. މޮރޮކޯ އަދި ފްރާންސް ބައްދަލު ކުރަން ހަމަ ޖެހިފައިވަނީ ހިންޑްމާޝް ސްޓޭޑިއަމްގައެވެ.