ޗެމްޕިއަންސް ލީގުގައި ބްރާގާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ ފިޓްނަސް ޓެސްޓެއް ބުދަ ދުވަހު ހަދަން ނިންމާފައިވީ ނަމަވެސް އިނގިރޭސި ކުޅުންތެރިޔާ ފިޓް ނުވާނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ހޫނު މޫސުމުގައި ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު އޭނާ ވަނީ '10 ނަންބަރު' މިޑްފީލްޑް ރޯލެއްގައި ކުރިއަރައި، މި ސީޒަންގައި ކުޅުނު ފުރަތަމަ 13 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ބެލިންހަމްގެ ކޮނޑުގެ ޓެސްޓްތައް ހަދަން ޖެހުނީ ހޯމަ ދުވަހު ސުޕެނިސް ލަލީގާ ގައި ރަޔޯ ވެލެކާނޯ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް އަނިޔާވުމާއި ގުޅިގެންނެވެ.

"އަހަރެން ނުދެކެން އެއީ ސީރިއަސް ކަމެއް ކަމަކަށް" ރެއަލް މެޑްރިޑްގެ ކޯޗް އެންޗެލޯޓީ އެ މެޗަށްފަހު ބުންޏެވެ.

އަންގާރަ ދުވަހު ބެލިންހަމް އަނބުރާ ފަރިތަކުރުންތަކަށް އައި ނަމަވެސް ސެޝަންގައި ފުރިހަމަ އެއްބާރުލުމެއް ނުފެނުނެވެ.

ތިން އެސިސްޓް ހިމެނޭ ގޮތަށް ބެލިންހަމްގެ 16 ގޯލް އިންވޮލްވްމަންޓަކީ ލަލީގާ އާއި ޗެމްޕިއަންސް ލީގުގައި ވެސް ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ތަފާސްހިސާބެވެ.

ބްރާގާއާ ދެކޮޅަށް އޭނާ ކުޅެން ނުކުތުމަކީ ނުރައްކަލަކަށް ނުވާނެ ކަމަށާއި މިހާތަނަށް ގްރޫޕްގެ ތިން މެޗުން ވެސް މެޑްރިޑުން މޮޅުވެފައިވާއިރު، އެއް މެޗުބް އެއްވަރުވުމުން ވެސް ބާކީ ދެ މެޗު އޮއްވާ ނޮކްއައުޓަށް ކޮލިފައިން ކަށަވަރުވާނެވެ. އިތުރު ރިކަވަރީ ޓައިމް އަށް މި މެޗުގައި ބެލިންހަމް ލައްވާ ނުކުޅުވުމަކީ ނަގަންޖެހޭ ރަނގަޅު ރިސްކެކެވެ.