ގޯލްޑެން ފުޓްސަލް ޗެލެންޖް ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި މިރޭ އއ.މަތިވެރި އަދި ފ.ބިލެއްދޫ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން މަތިވެރި ކާމިޔާބުކޮށް ކުއާޓަރ ފައުނަލުން ޖާގަ ހޯދައިފިއެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއްފެނުނު މި މެޗުގައ މަތިވެރި ޓީމުގެ ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗުގެ ފުތަރަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި ބިލެއްދޫގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރެފަ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަށްދާލައިގެން މަތިވެރިއަށް ފުރަތަމަ ގޯލެއްޖަހާ ލީޑު ނަގައިދިނީ އަހްމަދު ފިރުޝާން (ކަހޫ) އެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް މަތިވެރި ޓީމުން ދެވަނަ ގޯލެއްޖަހާ ލީޑު ފުޅާކުރިއެވެ. ޝަފްރާޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު މަތިވެރިއަށް ކާމިޔާބުކޮށްދިނީ ފިޒާން އެވެ.

ކުއާޓަރ ފައިނަލް ގައި މަތިވެރި ވާދަ ކުރަން ޖެހޭނީ ހދ.ނައިވާދޫ ބަލިކޮށް ކުއާރޓަރ ފައިނަލްގެ ޖާގަ ކަށަވަރު ކުރި ލ. ގަން އާއި ދެކޮޅަށެވެ.