މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޖެލެންޖުގެ ގަދަ 16 ގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން އަދި ހދ. ނާވައިދޫ ބައްދަލު ކުރި މެޗު ޕެނަލްޓީން ނައިވާދޫ ބަލިކޮށް، ގަމުން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއއްވެސް ޓިމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނެވެ. މެޗުގެ ދެވަނަ ހާފުގައިވެސް ތެ ޓީމަށް ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ލ. ގަމުގެ ގިނަ ހަމަލާ ތަކެއް ނާވައިދޫގެ ކީޕަރު ވަނީ ހުއްޓުވާފައެވެ. ހަމަ އެހެންމެ ނާވައިދޫގެ ގިނަ ހަމަލާތަކެއް ވަނީ ގަމު ކީޕަރުވެސް ދިފާއު ކޮށްފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން އަދި ހދ. ނާވައިދޫ ބައްދަލު ކުރި މެޗު-ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ނާވައުދޫ ޓިމަށް ވަނީ ލަނޑު ޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. އެ ޓީމުގެ ޝާއްޕެ އޭރިޔާ ތެރެއަށް ވަދެ އައި ކުޅުންތެރިޔާ ނައްޓާލުމަށްފަހު ގޯލު އަރިމަތީ ހުރި ޔާންޓެއަށް ޖައްސާލި ނަމަވެސް އޭނާއަށް ރަނގަޅަށް ފޮނުވާ ނުލެވި ވަނީ ބޭރަށް ގޮސްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ގުރުލައިގެން ފުރަތަމަ ޕެނަލްޓީ ޖަހަން ޖެހުނީ ގަމަށެވެ.

ގަމުން ޖެހި 4 ޕެނަލްޓީ ކާމިޔާބު ކުރި އިރު ނާވައިދޫއަށް ކާމިޔާބު ކުރެވުނީ ޖެހި 4 ޕެނަލްޓީން ދެ ޕެނަލްޓީއެވެ.