ކުރީގެ ޖަރުމަނުގެ ތަރި މާރިއޯ ގޮމޭޒް ފުޓްބޯޅަ އިން ރިޓަޔާވިކަން އިއުލާންކޮށްފިއެވެ.

ޖަރުމަނު ލީގުގެ ދެވަނަ ޑިވިޝަންގެ ކްލަބު ސްޓަޓްގާޑް ރޭ މޮޅުކޮށް ދިނުމަށް ފަހު، ގޮމޭޒް ވަނީ އެ ޓީމަށް ބުންޑަސް ލީގާ އިން ފުރުސަތު ހޯދައިދީފައެވެ.

މެޗަށް ފަހު، ގޮމޭޒް ބުނީ އޭނާ އެ ޓީމަށް އައި ސަބަބު މިހާރު ހާސިލްވެއްޖެ ކަމަށާއި މިހާރު ބޭނުން ވަނީ ކުޅުން ހުއްޓާލަން ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ މި ކްލަބްގައި ހޭދަ ކުރެވުނު ވަގުތުތަކަށް. އަހަރެންގެ ހުވަފެނަކީ ކުޅުން ހުއްޓާލުމުގެ ކުރިން މި ކްލަބަށް އަބަދުވެސް ކޮންމެވެސް އެއްޗެއް ދީފައި މި ކްލަބްގައި ރިޓަޔާވާން، ކްލަބަށް އަބަދުވެސް އަހަރެން ޝުކުރުވެރިން،" ގޮމޭޒް ބުންޏެވެ.

ސްޓެޓްގާޑުން ވަނީ ގޮމޭޒްގެ ފޮޓޯއެއް ޓުވީޓުކޮށް އޭނާ އަށް ޝުކުރު އަދާކޮށްފައެވެ.

ސްޓެޓްގާޑްގެ ސްޕޯޓިން ޑައިރެކްޓަރު ބުނީ އެ ކުލަބުން ގޮމޭޒް އަށް ކޯޗު ކަމުގެ ދޭން ތައްޔާރަށް ހުރި ކަމަށެވެ.

ގޮމޭޒް ވަނީ ޖަރުމަންގެ ބަޔާން މިއުނިކާއެކު ދެ ފަހަރު ބުންޑަސް ލީގާ ކާމިޔާބުކޮށް 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލާފައިފައެވެ. މީގެ އިތުރުން އޭނާ ވަނީ ޖަރުމަނުގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށް ތިން ފަހަރު ޔޫރަޕް ލީގުވެސް ކާމިޔާބުކޮށްފައެވެ. ޖަރުމަނަށް އޭނާ ވަނީ 78 މެޗު ކުޅެދީ 31 ލަނޑު ކާމިޔާބުކޮށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު