ގައުމީ އެއާލައިން މޯލްޑިވިއަނުން ރަމަޟާން މަހާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅައި އިއުލާންކޮށްފިއެވެ.
މޯލްޑިވިއަނުން ހާމަކުރި ގޮތުގައި ޑޮމެސްޓިކް ދަތުރުތައް އަގުހެޔޮ ކުރެވުނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ކަމަށެވެ. މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޑޮމެސްޓިކް 8 އެއާޕޯޓަކަށް ދަތުރުކުރެވޭނެއެވެ. އެއީ:
- ސ. ގަމަށް - 1،222ރ.
- ފުވައްމުލައް - 1،155ރ.
- ގދ. ކާޑެއްދޫ - 1،333ރ.
- ގއ. ކޫއްޑޫ - 1،111 ރ.
- ލ. ކައްދޫ - 1،055ރ.
- ނ. މާފަރު - 999ރ
- ރ. އިފުރު - 999ރ.
- ހދ. ހަނިމާދުއަށް - 1،111ރ.
މި އަގުތަކަކީ އެއްކޮޅު ޓިކެޓުގެ އަގެވެ.
މޯލްޑިވިއަނުން އަންނަނީ އެތެރޭ އުދުހުމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މިދިޔަ މަހު ސޮއިކޮށްފައިވެއެވެ.
މޯލްޑިވިއަން އިން ވިދާޅުވި ގޮތުގައި މިހާރުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެއެވެ. އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެއެވެ.
އޭޓީއާރް މަރްކާގެ ސަބަބުން އުޅަނދަށް ބޭނުންވާ މެއިންޓެނަންސްގެ ޚަރަދުތައް ވެސް ފުދޭވަރަކަށް ކުޑަވެގެން ދާނެއެވެ. މޯލްޑިވިއަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އަށް އޭޓީއާރް ބޯޓު ގެނައުމެވެ. މޯލްޑިވިއަންގައި މިހާރު އޭޓީއާރް މަރުކާގެ ތިން ބޯޓެއް ބޭނުން ކުރެއެވެ. އަދި އިތުރު ދެ ބޯޓު އޭޕްރިލް މަސް ތެރޭގައި ރާއްޖެ އަންނާނެއެެވެ.
ކާޑެއްދު އޮންނަނީ ފޯޅޮވަހި ކައިރީގައިތޯ
ކާޑެއްދޫ ތަރައްގީ ނުކޮށް އޮތަސް ކާޑެއްދޫ އަކީ އެއްވަނައިގެ އެއާޕޯޓެއް އަގުބޯޑު އެއާޕޯޓެއް
ކާޑެއްދޫ އަކީ ގާސިމްގެ އަންބޮނޑީގައި އޮންނަ ތަނެއް! އެތަނުން ފްލައިޓު ހެންޑްލިންއަށް ނަގާ ޗާޖް ބޮޑުވަނީ! އެހެންވެ ކާޑެއްދޫ ޓިކްޓް އަގުބޮޑުވަނީ!!
މާލެއާ ކާޑެއްދޫ ދުރުކަމަށް މަތިން ދަތުރު ކުރާއިރު އައްޑޫ ގަމަށް ވުރެ
ޚޮބާ މަންތާ އެއާ ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދު ކުރަން
ކބ ކޅދއފށ
ކޮބާ ކުޅުދުަަުަަުަަޕުށި
ތިމަރަ ގެ އަގަކީ ކޮބާ؟
ކާޑެއްދޫ އަކީ އިޑިއާގެއަވަށެއްތޯ
ކޮބައި މަޑިވަރު؟
ތިމަރަފުށި އެއާޕޯޓް މީ އޮންނަތަނެއްތަ
ވެލާނާ އެއަރޕޯޓް އިން ކާޑެއްދޫ އެއަރޕޯޓަށް ދުރުމިނަކީ 416 ކިލޯމީޓަރު
ވެލާނާ އެއަރޕޯޓް އިން ސ.ގަމު އެއަރޕޯޓަށް ދުރުމިނަކީ 544 ކިލޯމީޓަރު
ތަފާތަކީ 128 ކިލޯ މީޓަރުގެ ތަފާތު
އަގު ކާޑެއްދޫއަށް 1333ރ
އަގު ގަމަށް 1222ރ
ތަފާތު 111ރ ކާޑެއްދުއަށް ދިއުމަށް ޓިކެޓަކުން ބޮޑު.
މި އަރަތުގެ ޖަވާބެއް އިނގޭ އެއްވެސް އިންސާނަކު މި ދުނިޔެ މަތީގައި ލަހައްޓަވާނެބާ؟
ކުޅުދުއްފުށި އަށް ދަތުރު ނުކުރޭތޯ މޯލްޑިވިއަން، ނޫނީ ދިވެހިން ދަތުރު ނުކުރަނީތޯ އެތަނަށް؟
ކާޑެއްދޫ އެއަރޕޯރޓް ގަރައުންޑް ހޭންޑްލިނގް ފީ ބޮޑުކަމުން (ޤާސިލް ނަގާ ޗާރޖަސް) ބޮޑުކަމުން ޓިކެޓްގެ އަގު ބޮޑުކުރަން މަޖުބޫރުވަނީޔޯ. ޤާސިމް އަތުން ކާޑެއްދޫ އެއަރޕޯރޓް އަތުލުމަށް ގޮވާލަން.
ކާޑެއްދޫގެ އަގުބޮޑުވީ ގާސިމަށް ބައެއް އަޅަން ޖެހޭތީ
ކޮބައިތޯ ކުޅުދުއްފުށި؟