މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗް 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 506،015 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 445،625 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާއި އަޅާކިޔާއިރު، %13.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް ވެފައި ވަނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 60،243 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް 53،376 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 48،435 ފަތުރުވެރިން އައިސްފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހެވެ. އެ ދުވަހު ރާއްޖެއަށް 8،900 ފަތުރުވެރިން އައިސްފައި ވެއެވެ.

މި އަހަރު ރާއްޖެއަށް ދެ މިިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަމަލީ

    ކިތަންމެ ގިނަ ޓޫރިސްޓުން އަޔޭ ބުންޏަސް، އެމީހުން އަންނަން ހަރަދުކުރާ ޑޮލަރު މިރާއްޖެޔަށް އެތެރެ ނުވަންޏާ އަހަރުމެންނަށް ކީއް؟؟؟؟؟؟؟؟؟ ކޮން ރަނގަޅެއް ކޮން މޮޅެއް؟ ސަރުކާރުގެ ނުކުޅެދުންތެރިކަން ނޫން އެހެން ކޮން ކަމެއް މިފެންނަނީ؟

  2. ާޒާ

    ކިތަންމެ ގިނައިން އަޔަސް އުފަލެއް ކޮބާ؟ ޑޮލަރެއް ލޮލަށް ނުފެނޭ. ގައިމު ހިލެއަކު ނޫންދޯ ރާއްޖޭގައި އެމީހުން ތިބެނީ. ނިސްބަތުން މިހާ ޑޮލަރު ވަންނަ ޑޮލަރަށް ފަގީރު ގައުމެއްް ނޯންނާނެ.

  3. މަޗާ

    އެހެން ވީމަ ދޯ އެހާ ޑޮލަރު އަގު ހެއުވެގެން މިއުޅެ ނީ.

  4. ކަލޯ

    ރިޒްޤުއަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާއެއްޗެއް. ވަކިބައެއްގެ ދަށުވެގެން އެމީހުން ދޭ އެއްޗެއްނޫން.

  5. ފިރޭ

    ކޮބާހޭ އެމީހުން ގެންނަހާ ޑޮލަރު؟؟؟؟؟

  6. އަލިބެ

    ތިޔަ ރުފިޔާތަކުން ޤައުމު ހަމައަކަށް އެޅުވޭތޯ ބައްލަވާ!

  7. ކޮރުގޭޓް

    އެމީހުން އައިމާ ރާއްޖެޔަށް ކިތައް ޑޮލަރު އެތެރެވިތަ؟