ރާއްޖެ އާއި އިންޑިއާއިން ވިޔަފާރިއާ ގުޅޭ މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި ވަޒީރު މުހައްމަދު ސައީދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހަވަރާއެކު ވިޔަފާރި އާއި އިގްތިސޯދީ ގޮތުން ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އެ ވުޒާރާގައެވެ.

މި މަޝްވަރާތަކާއި ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނީ އިންޑިއާ އާއި ރާއްޖޭގެ އިގްތިސޯދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެ ވުޒާރާއެކު ކުރިއަށް އޮތްތަނުގައިވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    އިންޑިއާއިން އެތެރެކުރާ އެއްޗެކި ކައިގެން ދިވެހިންގެ ތެރެއިން ނިސްބަތުން އެންމެގިނައިން ކެންސާރ މަގުފައިވެފައިވަނީ.. އެއީ ގިނަމީހުންނައެނގޭ ސިއްރެއް..