ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި މަހުގެ ހަވަނަ ދުވަހުން ފެށިގެން މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގެ 31 ވަނަ އެޑިޝަންގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ތަގުރީރު ކުރައްވައިފިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 6.5 އިންސައްތައިގެ ކުރިއެރުމެއް ހޯދުމުގެ ވިސްނުންހުރި ލަނޑުދަނޑިތައް ހިއްސާ ކުރެއްވިއެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ 5 އަހަރުގެ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މައްޗަށް ބައްލަވާލެއްވިއެވެ.

ޓޫރިޒަމް ޕްލޭނަށް ދާދި ފަހުން އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މިއަދު ދާއިރާގެ ވިސްނުން ލަގްޒަރީ ހިދުމަތެއް ފޯރުކޮށްދިނުމަށްވުރެ ފުޅާވެފައިވާ ކަމަށެވެ. އިޤްތިޞާދީ ކުރިއެރުމާއި ތިމާވެށީގެ މަސްއޫލިއްޔަތާ ދޭތެރޭގައި ބެލެންސެއް ޤާއިމުކުރުމުގެ މުހިންމުކަން ޤަބޫލުފުޅު ކުރައްވާ ކަމަށާއި ސަސްޓެއިނަބިލިޓީއަކީ ހަމައެކަނި ބަޒްވޯޑެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ތަރައްޤީއަށް މަގުފަހިކޮށްދޭ މައިގަނޑު އުޞޫލެއް ކަަމަށްވެސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އެކިކަންތައް ކުރިއެރުވުމަށް ޚާއްޞަކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމުގައިވާ ވިޒިޓަރ އިކޮނޮމީ ކައުންސިލް އިފްތިތާޙްކުރެއްވުމަށް ވެސް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ. މި ސްޓްރެޓެޖިކް ފިޔަވަޅަކީ ކުޅިވަރު ފަތުރުވެރިކަމާއި ސަގާފީ އެކްސްޕްލޮރޭޝަން އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ފަދަ ގިނަ ތަޖުރިބާތަކެއް ފަތުރުވެރިންނަށް ފަހިކޮށްދީ، ގިނަ ގުނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިމެނުމެވެ.

ވަޒީރު ފައިސަލް ދެއްކެވި ވާހަކަފުޅުގައި، އިކޯ-ޓުއަރިޒަމް ފްރޭމްވޯކާއި މަގުޗާޓުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން ކުރަމުން އަންނަ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށާއި، މިއީ ޒަމާނީ ގިނަ ޓޫރިސްޓުންގެ ވަރަށް ބޮޑު ވިސްނުމެއް ކަމުގައިވާ ތިމާވެއްޓަށް ހޭލުންތެރިކަމާއެކު ދަތުރުފަތުރުކުރުމުގެ ދުނިޔޭގައި އިތުރުވަމުންދާ ޓްރެންޑާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރު ފައިސަލް އިސްވެ ހުންނަވާ ރާއްޖޭގެ ވަފުދުގައި ސަރުކާރުގެ ފްރަންޓާއި ބޮޑެތި ހޮޓެލް ބްރޭންޑްތަކުގެ އިތުރުން މަޝްހޫރު ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ހިމެނިވަޑައިގަންނަވައެވެ. މިއަހަރުގެ އިވެންޓަށް އެންމެ ގިނަ އެގްޒިބިޓަރުން ހިއްސާކުރަނީ ރާއްޖޭގެ ލޮބީއިންނެވެ.

އޭ.ޓީ.އެމްގެ ސަބަބުން މެދުއިރުމަތީގެ ޕާޓްނަރުންނާ އެކު ދަތުރުފަތުރުގެ ތަފާތު އޮޕްޝަންތައް މި މާކެޓްގެ ތެރެއިން ފޯރުކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަބީރިީ

    ކިހިނެއްބާ ތަޤްރީރު ކުރުން!!!!!!!!!

  2. އައްމާ

    އޯމައިގޯޑް އަނެއްކާ އިނގިރޭސިންބާ ތެޅުވީ؟ ރާއްޖެ ފަލީހަތްކުރަން ނިކުމެ އުޅޭ މީހެއް