މާލެ އާއި ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުންދާ އެސްޓީއޯއިން މިދިޔަ އޭޕްރިލް މަސް ތެރޭގައި 71،000 އަށްވުރެ ގިނަ ބަސްތާގެ ކާޑު ފޮނުވައިިފިއެވެ.

އެސްޓީއޯއިން އާއްމު ކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހު މާލެ އާއި ރާއްޖެ ތެރޭގެ ރަށްތަކަށް 71،612 ބަސްތާ ކާޑު ވަނޯ ފޮނުވާފައެވެ.

މީގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ފޮނުވީ ހަނޑޫ ބަސްތާއެވެ. މިގޮތުން 32،710 ހަނޑޫ ބަސްތާ ފޮނުވިިއިރު، ދެވަނައަށް އެންމެ ގިނައިން ފޮނުވި ފުށް ބަސްތާއެވެ. މިގޮތުން 24،390 ބަސްތާ ފޮނުވާފައިވާއިރު، ހަކުރު ބަސްތާގެ ގޮތުގައި 14،512 ބަސްތާ ފޮނުވާފައި ވެއެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަމުން އަންނަ އެސްޓީއޯއިން، ދަނީ ރަށްތަކުން ކާޑުގެ ބާވަތްތައް ހުސްވިޔަ ނުދީ ކުރިއަށްދެވޭނެ ގޮތް ހަމަޖައްސައިދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު