ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓާ ޝީޝާ އިން ކޮންމެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދާ "ރޯދަ ރޯޅި"ގެ މި އަހަރުގެ ޕްރޮމޯޝަންގެ ބޮޑު ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ޕްރޮމޯޝަނަކީ ބޮޑެތި ޑިސްކައުންޓްތައް ލިބޭ ގޮތަށް، ޝީޝާއިން ވަރަށް ކާމިޔާބު ކަމާއެކު ކޮންމެ އަހަރަކު ރޯދަ މަހު ވެސް ކުރިއަށްގެންދާ ޕްރޮމޯޝަނެއްކަން ފާހަގަކޮށްލެވެއެވެ.

އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްެރޮމޯޝަންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ހޮންޑާ ސައިކަލެއް ގަނެގެން އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެން ދިއުން ހިމެނެއެވެ.

ޝީޝާ ރޯދަ ރޯޅި 2024: 100،000ރ. ގެ ބޮޑު ނަސީބުވެރިޔާ ހޮވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ބޮޑެތި ޑިސްކައުންޓްތަކާއެކު ކުރިއަށްދިޔަ މި ޕްރޮމޯޝަން ޝީޝާގެ އައުލެޓްތައް ހިންގާ ހުޅުމާލެ، މާލެ، ފުވައްމުލައް، އައްޑޫ ސިޓީ، ލ. ގަން، ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔައިރު، 1،500 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

އިއްޔެ ޝީޝާ ޝޯވރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ ވަނީ ހޮވާފައެވެ.

އެ ނަސީބުވެރިޔާއަށް ޝީޝާގެ ފަރާތުން 100،000ރ. ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

ޝީޝާ މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް ފައިނޭންސިންގ މެދުވެރިކޮށް ވެސް ސައިކަލު ނެގޭނެެއެވެ.

ޝީޝާއަކި ރާއްޖޭގައި ހޮންޑާ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓްސް ސީދާ ހޮންޑާ ފެކްޓަރީން ރާއްޖެ އެތެރެކޮށް ވިއްކަމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުންޏެވެ.