ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ފޯނާއި، ފޯނާއި ގުޅުން ހުރި ސާމާނު ވިއްކުމުގައި އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބެސްޓް ބައި މޯބައިލްއިން ވިޔަފާރިކޮށްގެން ދެ މީހަަކަށް އުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުުރުސަތު ލިބޭ "ބެސްޓް ބައި މޯބައިލް"ގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ގުރޫ ނަގައިފިއެވެ.

1،000ރ. އިން މަތިން އެ ކުންފުނީގެ ތިން ފިހާރައިންވެސް ވިޔަފާރި ކުރާ ފަރާތްތަަކަށް ކޫޕަނެއް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިިިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މިރޭ ބެސްޓް ބައި މޯބައިލް ސެންޓްރަލްގައި ބޭއްވި އިވެންޓެއްގައި މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ވަނީ ހޮވައިފިއެވެ. މި ނަސީބުވެރިޔާގެ ކޫޕަން ނަމްބަރަކީ 1130006 އެވެ.

މިރޭ މި ނަސީބުވެރިޔާއަށް ވަނީ އެކަމުގެ ރަމްޒީ ލިޔުން ހަވާލުކޮށްފައެވެ. މި ނަސީބުވެރިއާގެ ނަމަކީ އާދަމް ނަސީމެވެ.

ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ބެސްޓް ބައި މޯބައިލްގެ ޕްރޮމޯޝަންގެ ނަސީބުވެރިއަކީ އާދަމް - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

އެޕަލް، ސެމްސަން، އަދި މި ނޫނަސް ދުނިޔޭގެ އެންމެ ނަން ވިދާ ފޯން ބްރޭންޑްތަކުގެ އިތުރުން، އޮރިޖިނަލް ގޭމިންގ ޕްރޮޑަކްޓްތަކާއި، އެހެނިހެން އިލެކްޓްރޯނިކް ސާމާނު ލިބެން ހުންނަ ބެސްޓް ބައި މޯބައިލް ފިހާރައިން މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ ފެބްރުއަރީ 15 އިން އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ ގިިބްލާ ހައްޖު އުމްރާ ގްރޫޕް ގުޅިގެންނެވެ. އަދި ކުރިއަށް އޮތް އެއް އަހަރު ތެރޭ އެ ގްރޫޕުން ދާ އުމްރާ ދަތުރެެއްގައި އާދަމް އަށް އިތުރު މީހަކު ގޮވައިގެން އުމްރާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އާދަމް ބޭނުން ނަމަ މި ފުރުސަތު އެހެން ދެ މީހަކަށްވެސް ދެވިދާނެއެވެ.

ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ބެސްޓް ބައި މޯބައިލްގެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އާދަމް -ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ. ތިން ވަނަ ފިހާރަ ހުންނަނީ މަޖީދީ މަގު ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު