ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، މިހާރުގެ ސީޕްލޭން ޓާމިނަލް ޖެޓް ޓާމިނަލަކަށް ބަދަލުކޮށް، ސީޕްލޭން އޮޕަރޭޝަން އާއި ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ވަޒީރު ވިދާޅުވީ އެގޮތަށް ނިންމެވީ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، މުޅި އޮޕަރޭޝަން ހަލުވި ކުރަން ކަމަށެވެ.

މިހާރު ސީޕްލޭން ޖައްސާ ސަރަހައްދު ހިއްކައިގެން، އެ ސަރަހައްދުގައި ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށް ނިންމާވާފައިވާ ކަމަށާއި މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލްގެ ކެޕޭސިޓީ ހުރީ ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެލާނާ އެއާޕޯޓްގެ 20 އަހަރުގެ މާސްޓާޕްލޭން އިއުލާން ކުރައްވާފައެވެ. މިއީ ރައްޖޭގެ ތާރީހުގައިވެސް ހިންގާ އެންމެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުން ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.

ރައީސް މުއިއްޒުގެ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްލޭންގައި ހިމެނޭ ކަންކަން
އަހަރަކު 25 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޓާމިނަލް ތަރައްގީ ކުރުން
100 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރާނެ ފެސިލިޓީއެއް ގާއިމް ކުރުން
ގަޑިއަކު 2،000 ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޑޮމެސްޓިކް ޓާމިނަލް ތަރައްގީ ކުރުން
މިހާރުގެ ކާގޯ ޓާމިނަލް 100،000 މެޓްފިކް ޓަނުން 300،000 މެޓްރިކް ޓަނަށް ކެޕޭސިޓީ އަށް އިތުރު ކުރުން
ޖެޓްތަކަށް ހާއްސަ ޓާމިނަލްއެެއް ގާއިމް ކުރުން
ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ ގަބޫލު ކުރާ މަތިންދާބޯޓު މަރާމާތު ކުރާ ފެސިލިޓީ
އަގުހެޔޮ އެއާލައިން ނުވަތަ ލޯކޮސްޓްް ކެރިއަރ ތަކަށް ހާއްސަ ޓާމިނަލްއެއް ގާއިމް ކުރުން
73 އެއާކްރާފްޓް އެއްފަހަރާ ޕާކް ކުރެވޭނެ ކެޕޭސިޓީ ގާއިމް ކުރުން
ކ. ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރަކަށް (ޓްރާންސިޓް ހޮޓެލާއި، ޝޮޕިންގ ސެންޓަރުތަކާއި، މޮޓޯރޭލުގެ ހިދުމަތާއެކު)

މިހާރު ބޭނުން ކުރާ ސީ ޕްލޭން ޓާމިނަލް ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު 4،000 އާއި 6،000 އަށް ދެމެދަށް އަރަ އެވެ. އަދި ލޯ ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ފްލައިޓް ދަތުރު ކުރާ އިރު ހައި ސީޒަންގައި 600 ފްލައިޓު ދަތުރު ކުރެއެވެ/

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިކި ކިރު

    ރައްޔިތުންގެ ޓެކްސް ފައިސާ އިނބަމެން ތަލާ ބުރުއްސަނީ! ކިތައް މިލިއަން ޑޮލަރ ރައްޔިތުންގެ ޓެކްސް ފައިސާ އިން ޙަރަދު ކޮއްގެންތޯ މި ހާރު ތިޔަ ހުރި ސީޕުލޭނު ޓާރމިނަލް ނިމުނީ މަނިކުފާނަށް އެގޭތޯ! ތިމާމެން އަންބޮނޑި ބޮޑުކަރަންވިއަސް ތިއީ ބޮޑު ވަރު ނޫންތޯ!

  2. ޔާސިން

    ހުރިހާދެރައަކާ ނިކަމެތިކަމެއް އަބަދުވެސް ލިބޭބަޔަކީ ރިސޯޓު މުއައްޒަފުން ސީޕްލޭންއިން ދަތުރު ކުރާ ރިސޯޓުތަކުގަ 5 އޮފްޑޭއައްދާ މީހުންގެ ދެދުވަސް ދަނީދަތުރަތް އޮފްދުވަހު ދަތުރުކުރަން ޖެހެނީ ޑިއުޓީދުވަހު ދަތުރުކޮއްގެން ގަޑިއައް ނުދެވޭ ރިސޯޓުން ގަބޫލެއްނުކުރޭ މިހާރުމިވީގޮތުން ދެން ފަސްއޮފްޑޭ ނަގައިފިއްޔާ ކޮޅަކައް ދެދުވަސް ގޭގައެއްދުވަސް ހުރި ހިތާމައެއްގެ ބޮޑުކަމާ އެންމެންވެސް ކިޔާނީ ރިސޯޓުތަކުގަ ދިވެހިން ހަރުނުލާވާހަކަ އުޅޭހާލެއް އަސްލުބަލާލާމީހެއްނެތް

  3. ާމުހައްމަދު

    ގައުމަށް ކޮންމެހެން ބޭނުންވާ މުހިއްމު އެތަށް ކަމެއް އޮވެމެ އަދި އިންތިހާއަށް ދަރަނި އޮއްވައި ތިމާގެ އަމިއްލަ އެދުން ކުރިއަށް ނެރެ މިޕްރޮޖެކްޓް ތަކުން ފައިސާ ނަހަމަގޮތުގައި ނެގުމުގެ މަގުސަދުގައި އެހެން މީހުންގެ ލެގަސީ ދުއްވާލުމަށް ކުރާ ހިތާމެވެރިކަމެއް

    3
    0