މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި މިނާގައި ދިވެހި ކެއުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

"ވަގުތު"އަށް އިންޓަވިއެއްގައި، ޝަކީލް ވިދާޅުވިގޮތުގައި މިނާގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ކެއުމުގެ އިންތިޒާމްތައް ދަށްވުން ކަމަށެވެ.

"މިނާ ފޭލިގޭގައި ކެއުން ފޯރުކޮށްދެނީ ޙައްޖުގެ މުތައްވިފް ކަމުން އެބޭފުޅުން ފޯރުކޮށްދޭ ކެއުމަކީ ދިވެހިންނާ އެންމެ ގުޅޭގޮތަށް ފޯރުކޮށްދެވޭ ކެއުމެއް ނޫން. އެހެންކަމުން އެކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް އެބަކުރަން. އެގޮތުން މިނާގައި ހޭދަކުރާ ދުވަސްތަކުގައި ދިވެހިކެއުން ފޯރުކޮށް ދިނުމަށް އަޅުގަނޑު މި ގަސްތު ކުރަނީ. އެކަމަށް ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެންގެ ޓީމުން ކުރަމުން އެބަ ގެންދޭ،". ޝަކީލް ވިދާޅުވިއެވެ.

މި އަހަރުގެ ހައްޖުގައި މިނާ ފޭލިގޭގައި ދިވެހި ރަހަތައް

ޝަކީލް ވިދާޅުވީ، ގަރުދިޔަ، ރިހާކުރު، ވަޅޯމަސް ފަދަ ތަކެތި އަދި ބައެއް ކަހަލަ ދިވެހި ރިހަ އަދި މަސްފަދަ ތަކެތި މައްކާގައި ތައްޔާރުކޮށްގެން މިނާއަށް ގެންދިއުމަށް ޕްލޭން ކުރެވިފައިވާ ކަަމަށެވެ.

"މިކަމަށް އިތުރު ހަރަދެއް ހިނގާނެ. އެހެންނަމަވެސް ދިވެހި ޙައްޖުވެރީންގެ ކަންކަމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން." ޝަކީލް ވިދާޅުވިއެވެ.

މިނާގައި ހޭދަކުރާ ދުވަސްތަކަކީ އަބަދުވެސް ޙައްޖުވެރިންނަށް ވަރަށް ބޮޑު ތަކްލީފްތަކެއް ތަހައްމަލު ކުރަންޖެހޭ ދުވަސްތަކެކެވެ. އެއް ތަނެއްގައި ގިނަ ބަޔަކު ތިބެންޖެހުމާއި އަދި ފާޚާނާތައް މަދުކަމާއި ނުތާހިރުވުމަކީ އަބަދުވެސް ޙައްޖުވެރިން އެކަންކަމާއިމެދު ޝަކުވާ ކުރާކަންކަމެވެ.

"މިނާގައި ދިމާވާ ކަންކަން އަޅުގަނޑަށް އިނގޭ. ދިމާވާ ތަކްލީފްތައް އަޅުގަނޑުމެންނަށް އިނގޭ. އެކަންކަން ރަނގަޅު ކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް"..ޝަކީލް ވިދާޅުވިއެވެ.

މި އަހަރުގެ ޙައްޖުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން 1000 ބޭފުޅުން ޙައްޖަށް ގެންދެއެވެ. އަދި ހައްޖުވެރިންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަންގެ ޓީމުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މީގެ ކުރިން ޝަކީލް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެކި އެކި ތައްޔާރީތަކުގެ މަސައްކަތްކުރުމަށް ޙައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމު ވަނީ މި މަހުގެ 20 ވަނަ ދުވަހު ސަޢުދީ އަރަބިއްޔާއަށް ފުރާފައެވެ. އަދި އެބޭފުޅުން ދަނީ މައްކާ ހޮޓަލާއި މިނާ ފޭލިގެތައް ތައްޔާރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުއްދޫސް

    މުރަނގަތޮޅި ގިރުގަރުދިޔަ އާއި ބަތާ ބޯށި ހިކިމަސް އަޅައިގެން ހަނާ ކޮއްފައި އެބަހުރިތަ؟ ފިހުނު މަސްކޮޅަކާ މުރަނތޮޅި ފަތް ބިސް ގަނޑެކާ ކަޅުސާ ތައްޓެއްވެސް ބޭނުން ވާނެ

    10
    2
  2. ދަލޭކާ

    ސާރ ކޮބާަފަހުންލިބުނުކޯޓާ ސަރ ޕްލީޒް އެއްފަހަރުވެސް ހައްޖުނުވެތިބި އުމުން 65 މަތީގެމީހުނައް އިސްކަންދެއްވާ

    3
    1
  3. ޙާޖީ

    މީގެ ކުރިންވެސް މުޠައްވިފް ދޭ ކެއުމުގެ އިތުރުން ދިވެހި ކެއުންތައް ދޭ

  4. ޒުލޭ

    ކިޔު ގަތިބި ފަރުިލު ހައްޖުނުވެ ތިއްބެވި ދޮށީއުމުރުގެ މީހުން ކުރިޔައްޖައްސަވާއެމީހޫން ނައްއިސްކަން ދެއްވަންފެނޭ