ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކ. ގުރައިދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ޑރ، މުއިއްޒު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ، އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާނެ އެއް ރަށަކީ މާފުށި ކަމަށް ވިދާޅުވެފައެވެ.

އަތޮޅުތެރޭގައި އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާނީ މާފުށީގައި - މުއިއްޒު

މިގޮތުން މިހާރު އެރަށުގައި ޑޮލަރު އޭޓީއެމް އެެއް ވަނީ ބަހައްޓާފައެވެ.

މި އަހަރު މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓަން މަސައްކަތް ކުރަނީ

މާފުށި ބްރާންޗުގައި އަލަށް ބެހެއްޓުނު މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މިއީ މާލެ ސިޓީން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޑޮލަރު އޭޓީއެމްއެވެ. މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކް އަށް އިތުރުވެގެންދާ އެޓީއެމްއެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމަށާއި،. އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން މި ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"އިގްތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން މިތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން."

ބީއެމްއެލް އިން ދާދި ފަހުންވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭހިދުމަތްތައް އިތުރަށް ފުޅާކޮށްފައެވެ. މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފްމޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާމުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަކުނިބޯ

    ދެންވާންއޮތްވައުދަކީ ދެވަނަދައުރަކަށް ހޮވުމަށްޓަކާ ރާއްޖޭގެ ޤާނޫނުއަސާސީ ގައި ދިވެހިރާއްޖޭގެ ފައިސާއަކީ ދިވެހިރިފިޔާއޭއޮތްތަން އެމެރިކާޑޮލަރަށް ބަދަލުކޮށް ދިވެހިރާއްޖޭގައި އެންމެހާ މުއާމަލާތެއްހިންގަންވާނީ އެމެރިކާޑޮލަރުން މިގޮތަށް އިސްލާހުކޮށް މިހާރުމިދާ ފޮރިންއެކްސްޗޭންޗްތަށް ގަވާއޮދަށް ފެއްތުމާއިއެކު ހުރިހާ ދިވެހިރުފިޔާއޭޓީއެމްތަށްނަގާ ހުސްޑޮލަރ އޭޓީއެމްއަށް ބަދަލުކުރުން

    2
    1
  2. ކަކުނިބޯ

    ދެންވާންއޮތްވައުދަކީ ދެވަނަދައުރަކަށް ހޮވުމަށްޓަކާ ރާއްޖޭގެ ޤާނޫނުއަސާސީ ގައި ދިވެހިރާއްޖޭގެ ފައިސާއަކީ ދިވެހިރިފިޔާއޭއޮތްތަން އެމެރިކާޑޮލަރަށް ބަދަލުކޮށް ދިވެހިރާއްޖޭގައި އެންމެހާ މުއާމަލާތެއްހިންގަންވާނީ އެމެރިކާޑޮލަރުން މިގޮތަށް އިސްލާހުކޮށް މިހާރުމިދާ ފޮރިންއެކްސްޗޭންޗްތަށް ގަވާއޮދަށް ފެއްތުމާއިއެކު ހުރިހާ ދިވެހިރުފިޔާއޭޓީއެމްތަށްނަގާ ހުސްޑޮލަރ އޭޓީއެމްއަށް ބަދަލުކުރުން ސަޅިދޯ ޔަޤީން ހޮވޭނެ ދެވަނަދައުރަކަށް

    2
    3
  3. ގެދޮރުވެރިޔާ

    މާރޗް މަހުގައި ދޫކުރަން ވައުދުވި އިންޓަރެސްޓް ކުޑަ ގެދޮރު ހަދާ ލޯނު ކޮބާ؟

  4. މަ

    ހުޅުމާލެ އޭޓީ އެމް އިން ޑޮލަރު ހުސްވެފަ

  5. Anonymous

    މާލޭގަ އެކަނި ހުންނަނަންވާނީ ތި. މާލޭމީހުން އެކަނި ޑޮލަރު ގެންގުޅެނީ އަދި ޑޮލަރު ބޭނުންވާނީ. ލޮލް