2،000 ރުފިޔާގެ ފީއެއް ނަގައި ގޮތަށް، ހޮޓާތަކާއި، ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ގޮތަށް ހަމަޖައްސައި ވިޔަފާރިތަކަށް އެކަމުގެ ހުއްދަ ދޫކުރަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައިހޮޓޯ، ކެފޭ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދަށް މިނިސްޓްރީއިން އިސްލާހު ގެނެސް، ގެޒެޓްގައި އާންމުކުރި އިސްލާހުތަކުގައިވާ ގޮތުގައި، ފިހާރަތަކާއި ރެސްޓޯރަންޓް އަދި ކެފޭތަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމުންއެވެ. އެގޮތުން، 24 ގަނޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދޭނީ، އެތަނެއް ބޭރުން ބަލާއިރު ބޭރަށް ސާފުކޮށް ފެންނާނެ ގޮތަށް އަލިކޮށްފައި ހުންނަ ތަންތަނަށާއި 24 ގަޑިއިރު ސީސީޓީވީ އޮޕަރޭޓް ކުރާ ތަންތަނަށެވެ. މީގެ އިތުރުން 24 ގަޑިއިރު ހިދުމަތް ދޭ ކެފޭ، ރެސްޓޯރަންޓް ހޮޓާތަކުގައި މެންދަމު، 1:00 އިން ފަތިހު 4:30 ދެމެދު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެއެވެ.
މިއަދު ގެޒެޓް ކުރި ގަވާއިދުގައި ވާގޮތުން 24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަ ދޫކުރަން އެދެން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމެއް ރަށްރަށުގެ ކައުންސިލްތަކަށް، ނޫނީ ސިޓީތަކުގައި ސިޓީ ކައުންސިލްތަކަށް ލައިގެން ނޫނީ އެކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެކަމަށް އެދި ހުށަހެޅެއެވެ.
މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ، 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ އަހަރު ދުވަހަށް 2،000 ރުފިޔާގެ ފީއަކަށް ދޭށެވެ. ފީ ދައްކަން ޖެހެނީ މީރާއަށެވެ. ހުއްދަ ދެ އަހަރަށް ލިބުނު ނަމަވެސް، އުސޫލުތަކާ ހިލާފުވާނަމެ ހުއްދަ ބާތިލު ކުރެވޭނެއެވެ.
މިއަދު ގެނައި އިސްލާހާއެކު މިހާރުވެސް އާންމު ފިހާރަތައް 11 ޖަހަން ދެން ރޭގަނޑު ހުޅުވާފަ ބެހެއްޓޭނެއެވެ.
ދުނިޔޭގަ ދަތް އަޅާބަލަ!
ކަންމަތީ ފިހާރަ 2000،
ޢަގޯރާ ރެޑްވޭވް ވެސް 2000،
ތަންދޮރު،
ނައިޓް ލައިފް
ލަންކާ އިންޑިޔާގަވެސް 8 ޖަހާއިރަށް ބަންދުކުރާނެ، ތަރައްގީ 2ގުނަ ފަހަތަާް
ކީކޭބުނާނީ މިކަހަލަހުރިހާ ނުބައި ނުލަފާކަމެއް ކުރާނެ ދެން އަނެއްކާވެސް ދަންވަރު ނުނިދާ ބޭކާރުވެގެން މަގުމަތީގައި އުޅޭ މީހުންގިނަކޮށް ވައްކަމާ މާރާމާރީތައް އުފައްދާ މުޅިމާހައުލު ބިރުވެރިކޮށް ބާއްވައި ބޭނުންގޮތަކަށް ބޭނުންކަމެއް ކޮށްލުމުގެ މިނިވަންކަން ދިނުމުގެ ބޭނުމުގައި ކުރާ ހަންފެތުރުމެއް މީ ކިހާބޮޑުބަލާއެއް ހެހެހޭ
މުހަންމަދާ ކަލޭ އިޝާނަމާދުކޮށްގެން ނިދާބަލަ. ދަންވަރަށް ހޭލައިގެންވެސް މަތަވޭތޯ ބަލާތި
ވެރީކަންލީބުނުފަހުން އަދީވެސް ކަމަކާވާކަހަލަ ކަމެ ނުކުރޭ. ބޯހަލާކު
ކަލޭމެން ތިއުޅެނީ ރައްޔިތުން ފެލަން. އޭރުންތާ ކާނެ ލާރިކޮޅެއް ލިބޭނީ.... ދިވެހި ރައްޔިތަކަށް ފުލެޓު ދޭންވީމާ މައްސަލައަކަށް ވަނީ....
ޤަވްމު ޤަވްމަކަށް ނެތް! ބަދުއަޚްލާޤީ ޢަމަލުތަކާ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ހުޅުވައިދިން ދޮރެއް! ސާބަސް މިއޮށް ވަގު ސަރުކާރަށް! ވަޢުދުތައް ތިހިރަ ފުދެނީ!
ޔަހްޔާ ކާޅު ހިފިހެނދެން ތިޔޮތީ ވެރިކަމެއް ލިބިފައި
ޔަހްޔާ ކާޅު ހިފިހެން
ޔަހްޔާ ކާޅު ހިފިހެން ދެން ތިޔޮތީ ވެރިކަމެއް ބަޔަކަށް ލިބިފައި
24 ގަޑި އިރުގައި ހަމައިގައި ތިބުމަށް ފުރުޞަތެއް ނުދެންތާ
ލާރިކާނެގޮތެއް ނޭނގިގެން.ރައްޔިތުން ނުނިދާ ހޭލާބައިތިއްބަނީ.