ނިއު ޕޯޓް ވިއު ހުޅުވުމުގެ ރަސްމިއްޔާތު – ފޮޓޯ: ނިއު ޕޯޓް
ނިއު ޕޯޓް ވިއު ހުޅުވުމުގެ ރަސްމިއްޔާތު – ފޮޓޯ: ނިއު ޕޯޓް

ހުރިހާ ފަންތިއެއްގެ މީހުންނަށް އެކަށޭނެ ގޮތައް ފަރުމާކޮށްފައިވާ ނިއު ޕޯޓު ވިއު މާދަމާ އާއްމުންނަށް ހުޅުވަން ނިންމައިފިއެވެ.

ބްރިޖު ވިއު ސަހަރައްދުގައި ހުންނަ ނިއު ޕޯޓު ވިއުގެ ސޮފްޓް އޯޕެނިންގް ރޭ ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު އެ ރަސްމިއްޔާތުގައި ވަނީ ނިއުޕޯޓުގެ ރަހަތައް ރަސްމިއްޔާތުގެ ބައިވެރީންނަށް ދައްކާލައިފައެވެ.

ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިއު ޕޯޓުގެ މެނޭޖިންގް ޑިރެކްޓަރު މަލަކާ އަބްދުލް ހަކީމް ވިދާޅުވީ އަލަށް ހުޅުވި މި ރެސްޓޯރެންޓުގެ އެންމެ ހާއްސަ ކަމަކީ ލައިވް ސީފުޑް ޓޭންކެއް ހުރުމާއެކު ކަސްޓަމަރުންގެ އެދުމަށް އެ ޓޭންކުން ނަގައިގެން ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވުމެވެ.

ނިއު ޕޯޓް ވިއު ހުޅުވުމުގެ ރަސްމިއްޔާތު – ފޮޓޯ: ނިއު ޕޯޓް
ނިއު ޕޯޓް ވިއު ހުޅުވުމުގެ ރަސްމިއްޔާތު – ފޮޓޯ: ނިއު ޕޯޓް

"މި ރެސްޓޯރެންޓްގެ މެއިން އެއްޗަކީ ލައިވް ފިޝް ޓޭންކް، އެއިން ކަސްޓަމަރުން ބޭނުން އެއްޗެއް ބުނުމުން ވަގުތުން ކައްކާފައި ސާވް ކޮށްދޭނެ." ނިއުޕޯޓްގެ މެނޭޖިންގް ޑިރެކްޓަރ މަލަކާ ވިދާޅުވިއެވެ.

މީގެ އިތުރުން ބިޒްނަސް މީޓިންގް ތަކަށްވެސް ނިއު ޕޯޓުގެ ސަހަރައްދެއް ހާއްސަ ކުރެވިފައިވާ ކަމަށް މަލަކާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 500 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ނިއު ޕޯޓު ވިއު އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބިޔަ ރެސްޓޯރެންޓުތަކުގެ ތެރޭގައި ހިނެނޭ ރެސްޓޯރެންޓެކެވެ. ނިއުޕޯޓަކީ އާއިލާތަކާއި ކުޑަކުދީންނަށް ވެސް ވަރަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްފައިވާ ރެސްޓޯރެންޓެކެވެ. އެގޮތުން ނިއުޕޯޓުގެ ބޭރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަވަރެއްގެ ޕާކެއްވެސް ހުރެއެވެ.

ނިއު ޕޯޓް ވިއު ހުޅުވުމުގެ ރަސްމިއްޔާތު – ފޮޓޯ: ނިއު ޕޯޓް
ނިއު ޕޯޓް ވިއު ހުޅުވުމުގެ ރަސްމިއްޔާތު – ފޮޓޯ: ނިއު ޕޯޓް

ދެ ފްލޯއަށް ނިއުޕޯޓު ވިއު ހުންނަ އިރު މަތީ ފްލޯރ ހާއްސަކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށާއި ޝީޝާ އަށެވެ.

އަލަށް ހުޅުވިގެންދާ މި ރެސްޓޯރެންޓުގައި ހެނދުނު ގަޑީގައާއި އަދި އެހެން ގަޑިތަކުގައިވެސް ބުފޭ ލިބެން ހުންނާނެއެވެ. އަދި ނިއުޕޯޓުގެ އަގުތައް ވެސް ބޮޑު ނުވާނެ ކަމަށް މަލަކާ ވިދާޅުވިއެވެ.

މާދަމާ ނިއުޕޯޓު ރަސްމީކޮށް އާންމުންނަށް ހުޅުވާލާއިރު މިއަދު  4 ޖަހާއިރު ނިއުޕޯޓް ވިއު ގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަގުންނައް އެއްވެސް ބިރެއްނެތި، އަދަބެއް ނުލިބޭ އެއް ގައުމަކީ ދިވެހި ރާއްޖެ.